މަސައްކަތް
ނަންބަރު: (IUL)399-EDS/399/2016/57
ޕަބްލިޝްކުރި ތާރީޚް: 12 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 26 އޭޕްރިލް 2016 13:00
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަމުގައި ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް ޤާއިމުކުރުމަށް

އިޢުލާން

އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހެޅުމުގެ ފުރުޞަތު:

ލ. ގަމަކީ ބިންބޮޑު ދަތުރުފަތުރުގެ ޚަރަދު ބޮޑު ރަށަކަށްވުމުން އާންމު ރައްޔިތުން އުފުލަންޖެހޭ މާލީ ތަކުލީފު ކުޑަކުރުމަށް ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް ޤާއިމުކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ.

ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމްގައި ހިމެނޭނެ ކަމަށް ބެލެވޭ ބައިތަކަކީ:

  • ބަސް ސްޓޮޕްތައް ޤާއިމުކުރުން.
  • ބަސް ހޯދުން.
  • ބަސްޑިޕޯ ޤާއިމުކުރުން.

ވީމާ، ގަމުގައި ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް ޤާއިމުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަން ހާމަކޮށް އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ހުށަހަޅަންވީ ތަކެތި:

  • އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ސިޓީ.
  • ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ.
  • ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ.
  • އަދި މިކަމާ ގުޅޭގޮތުން މުޢާމަލާތްކުރާނެ ފަރާތެއްގެ ފުރިހަމަނަމާއި، މަޤާމާއި ނަންބަރު.
  • އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހަޅާނީ 26 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ލ. ގަމު ކައުންސިލް އިދާރާއަށެވެ. އީމެއިލްގެ ޒަރީޢާއިންނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ. ގަޑިޖެހިގެން ހުށަހަޅާ ހުށަހެޅުން ބަލައިނުގަނެވޭނެއެވެ.

އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހެޅުމަށްފަހު ޑީޓެއިލް ޕްރޮޕޯޒަލް ހުށަހެޅުމަށް އެފަރާތްތަކަށް ފުރުޞަތު ދެވޭނެއެވެ.

05 ރަޖަބު 1437

12 އޭޕްރިލް 2016