ވަޒީފާގެ ފުރުޞަތު
ނަންބަރު: 1
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 21 އޭޕްރިލް 2016 14:00
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ، ލީގަލް ސަރވިސަސް (ކޮންޓްރެކްޓް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: މެނޭޖަރ، ލީގަލް ސަރވިސަސް (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: ތަޖުރިބާއާއި ކޮލިފިކޭޝަނަށް ބެލުމަށްފަހު، ދެފަރާތުން އެއްބަސްވާ މުސާރައެއް ކަނޑައެޅޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން: ހެޑްއޮފީސް

ސެކްޝަން: ލީގަލް އެފެއާޒް ޑިޕާޓްމަންޓް

މަޤާމުގެ ޝަރުޠު:

  1. ޤާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީ (އެމް.އެން.ކިއު.އެފް ލެވެލް 9) ހާސިލުކޮށްފައިވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއެއްގައި 7 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް ފަރާތަކަށްވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ތިލަފުށި ކޯޕަރޭޝަންގެ ލޭންޑް ރެންޓް އިންކުރިމެންޓް ޕޮލިސީ ތަންފީޒުކުރުން.
  2. ކޯޕަރޭޝަންގެ ލީގަލް އެފެއާޒުގެ މެނޭޖަރުގެ ހައިސިއްޔަތުން ކޯޕަރޭޝަނުގެ ޕޮލިސީތައް އެކުލަވައިލައި ތަރައްޤީކުރުމަށް މަސައްކަތްކުރުން.
  3. ޑިޕާޓްމަންޓުގެ މަސައްކަތްތަކާ ގުޅިގެން ޑްރާފްޓްކުރަންޖެހޭ އެންމެހައި ލިޔުންތައް ޑްރާފްޓްކުރުމާއި، ރިވިއުކުރަންޖެހޭ ޑޮކިއުމަންޓްސް ރިވިއުކުރުމާއި، ތިލަފުށީގެ އޮޕަރޭޝަންސް، އިންވެސްޓްމަންޓް، ނެގޯސިއޭޝަންސް، ފައިނޭންސަށް ތައްޔާރުކުރަންޖެހޭ އެންމެހައި ލީގަލް ޑޮކިއުމަންޓްސް ތައްޔާރުކޮށް ފައިނަލްކުރުން.
  4. ކޯޕަރޭޝަންގެ ލީގަލް ޓީމުން ކުރާ އެންމެހައި ކޮންޓްރެކްޓްތަކާ ގުޅޭ މަސައްކަތްތަކާއި، އެ މަސައްކަތްތަކާ ގުޅިގެން އުފެދޭ އެންމެހައި ސުވާލުތަކަށް ޤާނޫނީ ލަފާދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
  5. ކޯޕަރޭޝަންގެ ލީގަލް ޓީމާ ހަވާލުކުރެވޭ އެންމެހައި އެޑް ހޮކް އެސައިންމަންޓްތައް ފުރިހަމަކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ކޯޕަރޭޝަންގެ ޕޮލިސީއާ އެއްގޮތްވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • އެޓެންޑެންސް އެލަވަންސާއި، ފުޑް އެލަވަންސް، ކޯޕަރޭޝަނުގެ ޕޮލިސީއާ އެއްގޮތްވާގޮތުގެމަތިން ލިބޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚު:

2016 އެޕްރީލް 21 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، ބޭނުންވާ އެހެނިހެން ލިޔުންތަކާއެކު، ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް، 4 ވަނަ ފަންގިފިލާ، ފެން ބިލްޑިންގ، އަމީނީމަގު، މާލެ، ދިވެހިރާއްޖެއަށް ހުށަހެޅުން އެދެމެވެ. އީމެއިލުން ހުށަހަޅާ އެޕްލިކޭޝަން ފޯމު ބަލައެއް ނުގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ޓީ.ސީ.އެލް ގެ މައި އޮފީހުން ލިބެން ހުންނާނެ)
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  6. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.

އިންޓަވިއު ކުރުން:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު ކުރެވޭނީ، މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3307513 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3307514 އެވެ.

 7 ރަޖަބު 1437
14 އޭޕްރިލް 2016