ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ:
ބޭންކް އޮފް މޯލްޑިވްސް ޕލކގެ ބޭނުމަށް ފުވައްމުލަކު ބްރާންޗާއި އޭޓީއެމް ބޫތު ފޮޅައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 15 މާރިޗު 2016 ގައި ކުރެވުނު އިޢުލާނާ ގުޅިގެން ހުށަހެޅި ބިޑްތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ މި ބިޑްތައް ބާޠިލުކޮށް، އަލުން އަގު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަަންނަވާނަމަ، ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިބޭންކުގެ ފުވައްމުލަކު ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚު |
ދުވަސް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
25 އެޕްރީލް 2016 |
ހޯމަ |
11:00 |
އަންދާސީހިސާބު ހުށަހެޅުން |
03 މޭ 2016 |
އަންގާރަ |
11:00 |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. މި މަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމަންޓްތައް މި ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
06 ރަޖަބު 1437