ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ސ. ހުޅުދޫމީދޫ، ސ. މަރަދޫފޭދޫ އަދި ސ. ހިތަދޫ ދިރާގު އޮޕަރޭޝަން ސެންޓަރުގައި ތިރީގައި މިދަންނަވާ ޚިދުމަތްދޭނެ ފަރާތެއް ހޯދަން ބީލަން ހުށަހެޅުމުގެ ދަޢުވަތު އެކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- ސ. ހުޅުދޫމީދޫ ސައިޓް - ފޮޅައި ސާފުކޮށް ބަގީޗާ ބަލަހައްޓައިދިނުމާއި 24 ގަޑިއިރު ސެކިއުރިޓީގެ ޚިދުމަތް.
- ސ. މަރަދޫފޭދޫ އަދި ސ. ހިތަދޫ ސައިޓް - 24 ގަޑިއިރު ސެކިއުރިޓީގެ ޚިދުމަތް.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 19 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ 14:00 އަށް ސ. ހިތަދޫ ދިރާގު ކަސްޓަމަރ ފްރަންޓް އޮފީހަށް ވަޑައިގެންދެއްވުން އެދެމެވެ. ބީލަން ހުށަހެޅުއްވުން އޮންނާނީ 27 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 14:00 ގައި ސ. ހިތަދޫ ދިރާގު ކަސްޓަމަރ ފްރަންޓް އޮފީސް މީޓިންގރޫމުގައެވެ. ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.
ބީލަން ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބީލަމުގެ ނަމާއި، ނަންބަރު، ހުށަހަޅަން ކަނޑައެޅިފައިވާ ތާރީޚާއި، ގަޑި އަދި ހުށަހަޅާ ފަރާތުގެ ނަން، އުރައިގެ ބޭރުގައި ޖައްސަވާފައެވެ.