މަސައްކަތް
ނަންބަރު: (IUL)418/418/2016/25
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 21 އޭޕްރިލް 2016 10:00
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އީ.އައި.އޭ ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އީ.އައި.އޭ ހަދައިދޭނެ ފަރާތެއް ހޯދުމަށް:

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ކުރިއަށް ގެންދާ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މިރަށުގެ ފުޓްބޯޅަދަނޑަށް ފަސްއަޅައި އެއްވަރުކުރުމަށްޓަކައި ފަޅުން ވެލިނަގަން ޖެހޭތީ، އެ ސަރަޙައްދުގެ އެންވަޔަރަންމަންޓް އިމްފެކްޓް އެސެސްމެންޓެއް ހެދުމުގެ މަސައްކަތް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ މިންގަނޑުތަކާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނުވަތަ ބަދަލުގައި މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖައްސަވާ ފަރާތްތަކުން މިއިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތުދިނުމާއި ޕްރޮޕޯޒަލް ބަލައިގަތުން ތިރީގައި މިދަންނަވާ ގަޑިތަކުގައި މިއިދާރާގައި އޮންނާނެއެވެ. ޕްރޮޕޯޒަލް ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދު ކޮށްފައެވެ. ޕްރޮޕޯޒަލް ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "އީ.އައި.އޭ ރިޕޯޓު ހެދުމާބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށާއި ޕްރޮޕޯޒަލް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ މަޢުލޫމާތު ސާފުކޮށް ދިނުމަށް ހަމަޖެހިފައިވާ ގަޑީގެ ކުރިން އެކަން ލިޔުމަކުން މި އިދާރާއަށް އަންގަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

  • މަޢުލޫމާތު ސާފުކޮށްދިނުން: 21 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި.
  • ޕްރޮޕޯޒަލް ބަލައިގަތުން:   26 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ 10:00 ގައި.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

11 ރަޖަބު 1437

18 އޭޕްރިލް 2016