ކުއްޔަށް ހިފުން
ނަންބަރު: (IUL)94-Q/1/2016/06
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 13:14
ސުންގަޑި: 25 އޭޕްރިލް 2016 14:00
މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ފެރީ ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިއޮފީހުގެ ބޭނުމަށް މާލެއާއި ހުޅުލެއާ ދެމެދު ފެރީ ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 21 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއޮފީހަށް (ހުރަވީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.

11 ރަޖަބު 1437

18 އޭޕްރިލް 2016