ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)448/1/2016/18
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 08:37
ސުންގަޑި: 27 އޭޕްރިލް 2016 11:00
ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
އޮއިލް ރެސިސްޓެންޓް ސަރފަސް ކޯޓް ގަތުމާގުޅޭ

ރީޖަނަލް އެއަރޕޯޓްސްއަށް އޮއިލް ރެސިސްޓެންސް ސާރފަސް ކޯޓް (Astek TE-1 Black Diamond) ގަންނަން ބޭނުންވެގެން ކުރެވުނު މިއޮފީހުގެ ނަންބަރު (IUL)448/1/2016/14 (17 މާރިޗު 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބޮޑުކަމަށް ފެންނާތީ، މި އިޢުލާން ބާޠިލުކޮށްފީމެވެ.

ވީމާ، ރީޖަނަލް އެއަރޕޯޓްސްއަށް އޮއިލް ރެސިސްޓެންސް ސާރފަސް ކޯޓް ސަޕްލައިކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 އެޕްރީލް 2016 (ބުރާސްފަތި) ދުވަހުގެ ހެނދުނު 11:00 އަށް ރީޖަނަލް އެއަރޕޯޓްސް (11 ވަނަ ފަންގިފިލާ / ވެލާނާގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 އެޕްރީލް 2016 (ބުދަ) ދުވަހުގެ ހެނދުނު 11:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3323776 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.  

10 ރަޖަބު 1437

17 އޭޕްރިލް 2016