ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ހޮސްޕިޓަލުގެ ތިރީގައިމިވާ މަޤާމުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވައިލަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، ގިނަވަގުތު މަސައްކަތުގައި އުޅެވޭ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.
މަޤާމް: |
އިލެކްޓްރީޝަން |
|
ބޭނުންވާ އަދަދު: 1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2 |
މަޤާމުގެ ރޭންކް: GS4 |
މުސާރަ: |
މަހަކު -/5020 ރުފިޔާ |
|
ސަރވިސް އެލަވަންސް: |
މަހަކު -/1500 ރުފިޔާ |
|
މަޤާމު އޮތް ތަން: |
އއ. އަތޮޅު ހޮސްޕިޓަލް/ އއ. ރަސްދޫ |
|
އާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭ ތަން: |
އއ. އަތޮޅު ހޮސްޕިޓަލް/ އެޑްމިން އެންޑް ހިޔުމަން ރިސޯސް |
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
1- ހޮސްޕިޓަލުގެ ކަރަންޓް ވިއުގަ ރަނގަޅަށް ބަލަހައްޓައި، ދިމާވާ މައްސަލަތައް ޙައްލުކޮށް، ދިމާވެދާނެކަމަށް ލަފާކުރެވޭ ކަންތައްތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލައި އެޅުން. 2- ހޮސްޕިޓަލުގެ އިލެކްޓްރިކަލް ވިއުގަ އޮތްގޮތުގެ ޗާޓެއް ހަދައި، އަންނަ ބަދަލުތައް އެޗާޓުން އެނގޭނެހެން އަޕްޑޭޓް ކުރަމުން ގެންދިއުން. 3- ހޮސްޕިޓަލާއި އަތޮޅުގެ ޞިއްޙީ މަރުކަޒުތަކުގެ މެޝިނަރީއާއި، އިލެކްޓްރިކް ތަކެއްޗާއި އިލެކްޓޯނިކް ތަކެތީގެ ހާލަތު ބަލައި، މައްސަލައެއްވާނަމަ މަރާމާތުކުރުމާއި، މަރާމާތު ނުކުރެވޭ ތަކެތި މާލެ ފޮނުވައިގެން މަރާމާތުކުރުން (އިދާރީބައިގެ އެހީތެރިކަމާއެކު) 4- ޕަވަރ ހައުސްގެ ބޭނުމަށް ދޫކުރެވިފައިވާ ތަކެތީގެ އިންވެންޓްރީ ބަލަހައްޓައި އަޕްޑޭޓްކުރުން. 5- ހޮސްޕިޓަލުގެ ބޮކި، ހޮޅިބުރި ފަދަ ތަކެތި ބަދަލުކުރަންވެފައި ހުރިތޯ ބަލައި، އެތަކެތި ބަދަލުކުރަމުން ގެންދިއުން. 6- ހޮސްޕިޓަލުގެ އެކިއެކި ތަންތާނގައި ބެހެއްޓިފައިވާ AC ތައް ސަރވިސްކޮށް، މަރާމާތުކޮށް، ބެލެހެއްޓުން. 7- އެމްބިއުލާންސްގެ އިލެކްޓްރިކަލް މަސައްކަތްތައް ބަލަހައްޓަމުން ގެންދިއުން. |
|
މަޤާމުގެ ޝަރުޠު: |
1. ރިޕެއަރ އެންޑް މެއިންޓެނަންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖިނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ރިޕެއަރ އެންޑް މެއިންޓެނަންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖިނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސްގެ ދާއިރާއިން މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛ 3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: |
|
|
ޢިނާޔަތްތައް: |
|
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
|
ސުންގަޑި: |
- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުމުގެ އެންމެފަހުގެ ތާރީޚަކީ، 2016 އެޕްރީލް 28 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. ތަކެތި ހުށަހަޅާނީ، މި ހޮސްޕިޓަލުގެ އިދާރީ ސެކްޝަނަށެވެ. - މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ. މުއްދަތުގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ. |
|
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: |
- މި މަޤާމަށް ކުރަތިލާ މީހުންނާ އިންޓަވިއުކުރުން އޮންނާނީ، މި ހޮސްޕިޓަލުގައެވެ. - މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 2016 މޭމަހުގެ ތެރޭގައެވެ. ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 6660645 އެވެ. |
|
7 ރަޖަބު 1437 |