ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: މުނިސިޕަލް ސަރވިސް އޮފިސަރ
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1
މަޤާމުގެ ރޭންކް: އެމް. އެސް. 1
ސެކްޝަން: އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް
މަޤާމު އޮތް އިދާރާއާއި މަސައްކަތްކުރަންޖެހޭ ތަން: ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
މުސާރަ: މަހަކު -/5،610 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ
އުޖޫރައާއި ޢިނާޔަތްތައް: އިތުރުގަޑިއާއި ބަންދުދުވަހު މަސައްކަތް ކުރާނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ބަންދުދުވަހާއި އިތުރުގަޑީގައި ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުޞޫލުން ބަންދުދުވަހާއި އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ހަމަޖެހިފައިވާ އުޞޫލުން ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ ލިބިދެވޭނެއެވެ.
ބޭނުންވާ އަދަދު: 1 (އެކެއް)
ފެންވަރު ނުވަތަ ޝަރުޠު:
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:
1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
4- ސާނަވީ އިމްތިޙާނަކުން ދިވެއްސާއި ހިސާބުން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
- މަސައްކަތާ ގެޅޭ ދާއިރާއެއްކަމުގައި ބެލޭނީ، ހިއުމަން ރިސޯސަސް އެންޑް މެނޭޖްމަންޓުގެ ދާއިރާ، ޕްލޭނިންގެ ދާއިރާ، ޕްރޮޖެކުޓުގެ ދާއިރާ، އާރކިޓެކްޗަރަލްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކުރެވިފައިވާނަމައެވެ.
5- ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވާނަމަ، އުމުރުން 18 އަހަރުވެފައި 55 އަހަރުނުވާ މީހަކުކަމުގައިވުން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- ކައުންސިލް އިދާރާގެ ޔައުމިއްޔާ ތައްޔާރުކުރުން.
- އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑް ބެލެހެއްޓުން.
- އީ-ގަވަރމެންޓް ނިޒާމުގެދަށުން ކަމާބެހޭ އެންޓްރީކުރުން.
- އެކިއެކި ލިޔުންތައް ފައިލްކުރުން.
- ރަށްވެހީންގެ ރަޖިސްޓަރީ ހެދުން.
- ވިޔަފާރިކުރާ ތަންތަނާއި، ވިޔަފާރި ހުއްދަ ތައްޔާރުކުރުން.
- ކައުންސިލް އިދާރާ ހުޅުވައި ބަންދުކުރުން (ޓޭބަލްގައިވާގޮތަށް)
- ކައުންސިލް އިދާރާގައި ކުރަންޖެހޭ ލިޔެކިޔުމުގެ މަސައްކަތް ކުރުން.
- މިސްކިތު މުދިމުންނާއި، މިސްކިތު މަސައްކަތުމީހުންގެ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބެލުން.
- ހުކުރުނަމާދާއި، ދެޢީދު ދެ ނަމާދާއި، ކޭތަ ނަމާދާއި، ތަރާވީޙު ނަމާދު، އިމާމްވެ ކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
- ދޫކުރެވޭ ބިމާއި، ގޯތިގެދޮރާބެހޭ މަސައްކަތްކުރުން (އިންވަކިކޮށް، ރަޖިސްޓްރީ ހެދުމާއި ޔައުމިއްޔާ ތައްޔާރުކުރުން.)
- އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރާ ބެހޭގޮތުން އިދާރީގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމާއި ބެލެހެއްޓުން.
- މި އިދާރާއިން ކުރާ އިދާރީ މަސައްކަތްތައް ކުރުމާއި، އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުމާއި، މި އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
- މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން، "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، 2016 އެޕްރީލް 25 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، އެ ފޯމާ ގުޅޭ ލިޔުންތައް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ WWW.CSC.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އިންޓަވިއު ކުރުން:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވުމުން، ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް ލިޔުމަކުން އެންގޭނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާ ތަޢުލީމާއި ތަމްރީން.
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
- މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
2- ތަޢުލީމީ ސެޓްފިކެޓްތަކުޖެ ކޮޕީ (އެކްރިޑެޓްކޮށް، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ސޮއިކޮށްފައިވާ އަސްލު)
3- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ)
4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ސޮއިކޮށްފައިވާ އަޞްލު)
5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
6- ސިވިލް ސަރވިސްއަށް/ ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
7- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސްކަތުގެ އުޅުމާއި އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" (ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންވެސް މި ފޯމު ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ. އެކަމަކު މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުން ކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ، މި ފޯމު ހުށަހަޅާކަށެއް ނުޖެހޭނެއެވެ.)
އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ޢަމަލުކުރަންވީ ގޮތް:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 6500034 ނަންބަރު ފޯނާއެވެ.
4 ރަޖަބު 1437