ދިވެހިރާއްޖެ
އިޢުލާން
ސްކޫލުގެގެ ސެކިއުރިޓީ ބެލެހެއްޓުން
މި ސްކޫލުގެ ނަންބަރު:GS01/2016/29 (05 އެޕްރީލް 2016) ގައި ކުރި އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ މެންދުރުކުރި 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގެންނެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގައިވާ ގޮތުން އާމްދަނީ ހޯދުމަށް މިފަދަ މަސައްކަތް ކޮންޓްރެކްޓް އުސޫލުންކުރާ ފަރާތްތަކުން އިކޮނޮމިކް މިނިސްޓްރީގައި ގަވާއިދުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެންބޭފުޅަކު ފޮނުއްވާނަމަ އެފަރާތެއްގެ ސިޓީއަކާއެކު ހުށަހެޅުއްވުމުން ޤަބޫލު ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.
- އެކަށީގެންވާ ފަރާތެއް ހޮވުމަށް ޕޮއިންޓްދޭނީ ތިރީގައި މިވާ އުސޫލުންނެވެ.
- އަގަށް %95
- ތަޖުރިބާއަށް %5