ވަޒީފާގެ ފުރުޞަތު
ނަންބަރު: NHC/IUL/2016/03
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 20:34
ސުންގަޑި: 25 އޭޕްރިލް 2016 14:00
ހުވަދު އަތޮޅު ދެކުނުބުރީ ނަޑެއްލާ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވޮޗަރު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ދާއިރާގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް:

ވޮޗަރު

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: އެސް. އެސް. 1

މުސާރަ:

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

އޮފީސް:

ގދ. ނަޑެއްލާ ޞިއްޙީ މަރުކަޒު

ތަޢުލީމާއި ތަޖުރިބާ:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 

1. ޞިއްޙީ މަރުކަޒުގެ އިމާރާތުގެ އެތެރެއާއި ބޭރުގެ ސެކުއިރިޓީ ރަނގަޅަށް ބެލެހެއްޓުން.

2. ޞިއްޙީ މަރުކަޒުގައި ގަވާއިދާ ޚިލާފް އެއްވެސް ކަމެއް ދިމާވެއްޖެނަމަ، އެކަމެއް ޙައްލުކުރުމާއި، ޙައްލުނުކުރެވޭވަރުގެ ކަމެއްނަމަ ކަމާބެހޭ އިސްފަރާތްތަކަށް އެންގުން.

3. ޞިއްޙީގޮތުން ހިންގާ އެކި ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

4. މިނޫނަސް ޞިއްޙީ މަރުކަޒުގައި ކުރަންޖެހޭ ރަސްމީ ކޮންމެ މަސައްކަތެއް ކުރުން.

އާންމުކޮށް މަސައްކަތް އޮންނާނެ ގަޑި:

ދަންވަރު 11:00 އިން ހެނދުނު 6:00 އަށް

ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި ރިސްކް އެލަވަންސް

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ  ފޯމު (ވަޒީފާއަށް  އެދޭ  ފޯމު،  ސަރުކާރު  ބަންދުނޫން  ކޮންމެ  ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 14:00 އާ ހަމަޔަށް މި ޞިއްޙީ މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީއެއް.
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާ ގުޅޭ ތަމްރީން (ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު)  ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް (މި ލިޔުމުގައި، ފުރިހަމަކުރި ތަމްރީނާއި ތަމްރީންގެ މުއްދަތު އެނގެން އޮންނަންވާނެއެވެ.
  7. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)
  8. މަސައްކަތުގެ  ދާއިރާއިން  ލިބިފައިވާ  ތަޖުރިބާގެ  ލިޔުން (މި  ލިޔުމުގައި،  އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމްތައް އަދާކޮށްފައިވާ ތާރިޚްތައް އެނގެން އޮންނަންވާނެއެވެ.)

ނޯޓް: ވަޒީފާއާ ނުގުޅޭ ތަމްރީނަކަށް މާކުހެއް ނުލިބޭނެއެވެ.

ސުންގަޑި:

2016 އެޕްރީލް 25 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި މަރުކަޒުގެ އޮފީހަށް.

އިންޓަރވިއު އޮންނާނެ ތަނާއި، ތާރީޚް:

ގދ. ނަޑެއްލާ ޞިއްޙީ މަރުކަޒުގައި، 2016 މޭމަހުގެ ފުރަތަމަ ހަފްތާގައި.

(އިންޓަވިޔު  ކުރާނީ،  ވަޒީފާގެ  ޝަރުޠު  ހަމަވާ  ފަރާތްތަކާ  އެކަންޏެވެ.  ޝަރުޠު  ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.)

އިތުރު މަޢުލޫމާތު:

- މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 6842612 އެވެ.

- މި މަޤާމަށް ކުރިމަތިލެވޭނީ، މީލާދީ ތާރީޚުން އުމުރުން 18 އަހަރުފުރި، 55 އަހަރު ނުފުރޭ މީހުންނަށެވެ.

 7 ރަޖަބު 1437

14 އޭޕްރިލް 2016