މަސައްކަތް
ނަންބަރު: (IUL)220-AS/1/2016/65
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 19:17
ސުންގަޑި: 25 އޭޕްރިލް 2016 15:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ގްރީން ޓެކްސް އަދި ޖީ.އެސް.ޓީ ސެޓުފިކެޓު ޕްރިންޓްކުރުމަށް

އިޢުލާން

މި އޮތޯރިޓީން ދޭ ނަމޫނާއާ އެއްގޮތަށް، 02 (ދޭއް) އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ގްރީން ޓެކްސް ސެޓުފިކެޓާއި ޖީ.އެސް.ޓީ ސެޓުފިކެޓު އަމިއްލަ ތަކެތީގައި ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުތަކުގައި މި އޮތޯރިޓީގެ ދެވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  ތާރީޚު ދުވަސް ވަގުތު
 މަޢުލޫމާތު ސާފުކުރުން 25 އެޕްރީލް 2016 ހޯމަ 15:00
 އަންދާސީހިސާބު ހުށަހެޅުން 28 އެޕްރީލް 2016 ބުރާސްފަތި 15:00

މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަނުގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ޓެލެފޯނު ނަންބަރު: 3339522 އަށް ގުޅުއްވުން އެދެމެވެ. 

07 ރަޖަބު 1437

14 އޭޕްރިލް 2016