ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މަރުކަޒުގެ ވޮޗަރުކަމުގެ މަޤާމަށް މީހަކު ބޭނުންވެގެން 30 ސެޕްޓެންބަރު 2015 ގައި ކުރެވުނު IUL)TAH-A/KSM/2015/15)ފނަންބަރުގެ އިޢުލާނު, ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވި، ދެވިފައިވާ މުއްދަތު ކުރުކަމުން، އެ އިޢުލާނު ބާޠިލްކުރުމަށް މިނިސްޓްރީ އޮފް ހެލްތުން 16 ފެބުރުވަރީ 2016 ގައި ފޮނުއްވި MEMO)23-ES/TAH/2016/18) ނަންބަރުގެ މެމޯއިންނާއި، ތ. އަތޮޅު ހޮސްޕިޓަލުން 18 ފެބުރުވަރީ 2016 ގައި ފޮނުއްވި MSG) TAH-A/N6-HC/2016/3) ނަންބަރުގެ މެސެޖުން އަންގަވާފައިވާތީ، އެ އިޢުލާން ބާޠިލްކޮށް، މި މަރުކަޒުގެ ވޮޗަރުކަމުގެ މަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
މި ވަޒީފާއަށް ބޭނުންވަނީ، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހެކެވެ.
ވޮޗަރު |
މަޤާމް: |
|
1 (އެކެއް) |
ބޭނުންވާ އަދަދު: |
|
މަޤާމުގެ ރޭންކް: SS1 |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
މަހަކު -/3100 ރުފިޔާ |
މުސާރަ: |
|
މަހަކު: -/1000 ރުފިޔާ |
ސަރވިސް އެލަވަންސް: |
|
ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒު، ތ. ކަނޑޫދޫ |
މަސައްކަތް ކުރަންޖެހޭ ތަން: |
|
- ކަނޑައެޅިފައިވާ ޑިއުޓީގައި ޞިއްޙީމަރުކަޒުގެ ގޯތިތެރެއާއި ވަށައިގެންވާ ސަރަޙައްދު ބެލެހެއްޓުން. - ތަނުގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި ކުރަންޖެހޭ ކަންކަން، ޞިއްޙީ މަރުކަޒުން އަންގާ ގޮތެއްގެ މަތިން ކުރިއަށްގެންދިއުން. |
ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
|
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން. |
މަޤާމުގެ ޝަރުޠު: |
|
1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު، 2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ. 3. ޤާބިލުކަން ކަށަވަރުކުރުމަށް ކުރެވޭ އިންޓަވިއު. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: |
|
1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް. 2. ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތީން، މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް، ހަމަޖެހިފައިވާ ރޭޓަކުން ރިސްކް އެލަވަންސް. |
ޢިނާޔަތްތައް: |
|
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މި މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ) 2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމަށް އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓު ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. 5 ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ) |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
2016 އެޕްރީލް 25 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މި މަރުކަޒަށް ހުށަހެޅުން އެދެމެވެ. |
ސުންގަޑި: |
|
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ އިތުރުވާނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އެންމެ މަތީ މާކްސް ލިބުނު 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް، އިންޓަވިއު ކުރުމުގެ ކުރިން އެކަން އެންގޭނެއެވެ. |
ޝޯޓްލިސްޓްކުރުން: |
|
އިންޓަވިއު ކުރިއަށްދާނީ 2016 މޭމަހު، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައެވެ. އިންޓަވިއު ކުރާނޭ ތާރީޚު، އިންޓަވިއު ބޭއްވުމުގެ 24 ގަޑިއިރުގެ ކުރިން، އިންޓަވިއުއަށް ހޮވިފައިވާ ފަރާތްތަކަށް އެންގޭނެއެވެ. |
އިންޓަވިއު އޮންނާނޭ ތަނާއި ތާރީޚު: |
|
އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ރަސްމީ ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް، މި މަރުކަޒުގެ އޮފީސްބަޔަށް ހާޒިރުވުމުން މަޢުލޫމާތު ލިބޭނެއެވެ. އަދި މި މަރުކަޒުގެ 6780020 ނަންބަރު ފޯނުންވެސް މަޢުލޫމާތު ލިބޭނެއެވެ. |
އިތުރު މަޢުލޫމާތު: |
4 ރަޖަބު 1437