ދިވެހިރާއްޖެ
އިޢުލާން
ރައްޔިތުންގެ ބޭސްފިހާރައެއް ޢިމާރާތް ކުރުން
ރައްޔިތުންގެ ބޭސް ފިހާރައެއް އެޅުމަށް ބޭނުންވާތީ އެމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭން އެދޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 2016 އެޕްރީލް 18ވާ ހޯމަދުވަހުގެ 13:00ގައި ފޮއްދޫ ކައުންސިލްގެ އިދާރާގައެވެ. އަގު ހުށަހަޅުއްވާނީ 2016 އެޕްރީލް 25 ވާ ހޯމަދުވަހުގެ 13:00 އަށް މިއިދާރާއަށެވެ. ފެކްސް ނުވަތަ މެއިލުން ފޮނުއްވާ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވެއެވެ. ފެކްސް: 6560017 މެއިލް: [email protected] އެވެ. މެއިލް ނުވަތަ ފެކްސްއިން ފޮނުއްވާ އަންދާސީހިސާބުވެސް ފޮނުއްވަންވާނީ، އަންދާސީހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ކަނޑައެޅިފައިވާ ގަޑިއަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިނުވާވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
05 ރަޖަބު 1437