ވަޒީފާގެ ފުރުޞަތު
ނަންބަރު: A6-SM/2016/01
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 21:01
ސުންގަޑި: 26 އޭޕްރިލް 2016 13:30
ހއ. ހޯރަފުށީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ލޯންޑްރީ އެސިސްޓެންޓް، މެކޭނިކް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ހއ. ހޯރަފުށީ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.

މަޤާމް:

ލޯންޑްރީ އެސިސްޓެންޓް

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: އެސް.އެސް. 1

މުސާރަ:

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

އަސާސީ ޝަރުޠު/ ތަޢުލީމާއި ތަޖުރިބާ:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސއްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

މަސައްކަތް ކުރަންޖެހޭ ތަން:

ހއ ހޯރަފުށީ ޞިއްޙީ މަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ޞިއްޙީ މަރުކަޒުގައި ދޮންނަންޖެހޭ ބެޑްޝީޓް، ބާލީހުއުރަ، ގައުނު، ތުވާލި، ދޮރުފޮތި ފަދަ ތަކެތި ކޮންމެ ދުވަހަކުވެސް ޑިއުޓީގައި ދޮވެ ސާފުކުރުން.
  2. ދޮންނަންޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭ އެއްޗެއް ބައުވެ، ނުވަތަ ހަލާކުވެއްޖެނަމަ އޭގެ ބަދަލުގައި އައުތަކެތި އޮފީހުގެ ކަމާބެހޭ މުވައްޒަފަކާ ގުޅައިގެން ހޯދުން.
  3. ދޮންނަންޖެހޭ ތަކެތި ދޮވުމަށް ބޭނުންވާ ދޮންނަކުނޑި، ލައްފިލުވާ ފަދަ ތަކެތި ހުސްވިޔަނުދީ އަބަދުވެސް ލޯންޑްރީގައި ބެހެއްޓުން.
  4. ދޮންނަން ގެންދާ ތަކެއްޗާއި، ދޮވެގެން ގެންދެވޭ ތަކެތީގެ އަދަދު، އައިޓަމް ވަކިން އެނގޭނޭގޮތަށް ފޮތުގައި ލިޔެ ބެލެހެއްޓުން.
  5. ލޯންޑްރީގައި ބޭނުންކުރާ ދޮންނަމެޝީން، އިސްތިރި ފަދަ އަގުބޮޑު ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް މަސައްކަތް ކުރުން.
  6. އެކިފަރާތްތަކަށް ހަވާލުކުރަންޖެހޭ ސިޓީފަދަ ތަކެތި ހަވާލުކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ޑިއުޓީ އުސޫލުން މަސައްކަތް ކުރާނަމަ، ޑިއުޓީ އެލަވަންސް ފައިސާ.

މަޤާމް:

މެކޭނިކް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ. އެސް. 3

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

 

 

އަސާސީ ޝަރުޠު/ ތަޢުލީމާއި ތަޖުރިބާ:

1. ރިޕެއަރ އެންޑް މެއިންޓެނަންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖިނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ރިޕެއަރ އެންޑް މެއިންޓެނަންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖިނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަސައްކަތް ކުރަންޖެހޭ ތަން:

ހއ ހޯރަފުށީ ޞިއްޙީ މަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ޞިއްޙީ މަރުކަޒުގައި ބޭނުންކުރާ މެޝިނަރީއާއި އިކުއިޕްމެންޓްސް ބެލެހެއްޓުން.
  2. މަރުކަޒުގެ އެއްވެސް މެޝިނަކަށް މައްސަލައެއް ދިމާވެއްޖެނަމަ، ދިމާވެފައިވާ މައްސަލައެއް ބަލައި، ޙައްލުކުރެވެން  ހުރިނަމަ  ޙައްލުކުރުމާއި،  ޙައްލުކުރެވެން  ނެތްނަމަ،  އަތޮޅު  ހޮސްޕިޓަލުގެ އިރުޝާދުގެދަށުން އެ މެޝިނެއް މަރާމާތުކުރުމުގެ އެންމެހައި ކަންތައްތައް ކުރިއަށްގެންދިއުން.
  3. މަރުކަޒުގައި އިމަރޖެންސީކަމެއް ދިމާވެގެންއުޅޭ ވަގުތުތަކުގައި ކަރަންޓުގެ މައްސަލައެއް ދިމާވެދާނެ ކަމަކަށްޓަކައި މަރުކަޒުގައި މަޑުކުރުމާއި، އެފަދަ މައްސަލަ ޙައްލުކުރުން.
  4. މަރުކަޒުގައި ބޭނުންކުރެވޭ މެޝިނަރީތަކަށް ގަވާއިދުން ސަރވިސްދީ ބެލެހެއްޓުން.
  5. މަރުކަޒުގައި ބޭނުންކުރެވޭ މުވާސަލާތީ ނިޒާމުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  6. މަރުކަޒުގެ ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ބަލައި ޙައްލުކުރުން.
  7. މަރުކަޒުގައި ހިފާ ގެންގުޅޭ ތަކެތި (ތަފާތު މަސައްކަތްކުރުމަށް ބޭނުންވާ ސާމާނު) ދަބަރުޖެހިޔަނުދީ ސާފުކޮށް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް:

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ޑިއުޓީ އުސޫލުން މަސައްކަތް ކުރާނަމަ ޑިއުޓީ އެލަވަންސްގެ ފައިސާ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް، www.csc.gov.mv އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3 ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި:

2016 އެޕްރީލް 26 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ހއ ހޯރަފުށީ ޞިއްޙީ މަރުކަޒަށް.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ މޭމަހު، ހއ ހޯރަފުށީ ޞިއްޙީ މަރުކަޒުގައި.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6500064 ނަންބަރު ފޯނަށެވެ.

7 ރަޖަބު 1437

14 އޭޕްރިލް 2016