މަސައްކަތް
ނަންބަރު: (IUL)451-FP/1/2016/17
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 20:09
ސުންގަޑި: 18 އޭޕްރިލް 2016 00:00
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެކިއެކި ވާރކްޝޮޕް، ސެމިނަރ އަދި ބައްދަލުވުންތަކަށް ކެއުމާއި ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އިންސްޓިޓިއުޓުން ކުރެވުނު ނަންބަރު: (IUL)451-FP/1/2016/14 އިޢުލާނާ ގުޅިގެން 3 ފަރާތުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކުރަމެވެ.

ވީމާ، މިއިންސްޓިޓިއުޓުން ބާއްވާ އެކިއެކި ވާރކްޝޮޕް، ސެމިނަރ އަދި ބައްދަލުވުންތަކަށް ކެއުމާއި ސައި 1 އަހަރުދުވަހަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަން ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޣާޒީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 އެޕްރީލް 18 ވަނަ ދުވަހުގެ 11:00 އަށް

2016 އެޕްރީލް 21 ވަނަ ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3323242 ނަންބަރު ފޯނާއެވެ.

06 ރަޖަބު 1437

13 އޭޕްރިލް 2016