ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2015/11/SC (31 އޮގަސްޓު 2015) ސަރކިއުލަރއިން ޤާއިމުކުރެއްވުމަށް ކަނޑައެޅުއްވި ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ވުޖޫދަށް އައުމާ ގުޅިގެން އެ އެކަޑަމީގެ ތަންފީޒީ އިސް މުވައްޒަފުންގެ އޮނިގަނޑުގައި ހިމެނޭ ޗާންސެލަރގެ މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
ވަޒީފާގެ ފުރުޞަތު
1. މަޤާމު |
ޗާންސެލަރ |
||
އަދަދު |
1 (އެކެއް) |
||
މަސައްކަތްކުރަންޖެހޭ ތަން |
ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ |
||
އަސާސީ މުސާރަ |
-/36،000 ރުފިޔާ |
||
އެލަވަންސް |
- ލިވިންގ އެލަވަނަސް: -/15,000 - ރިސްކް އެލަވަންސް: -/3،300 ފޯނު އެލަވަންސް: -/1,000 - |
||
އަސާސީ ޝަރުޠު
|
1- މަދުވެގެން 5 އަހަރު ދުވަހުގެ މުއްދަތަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ފަނޑިޔާރުކަންކޮށް ތަޖުރިބާ ލިބިފައިވާ އަދި ފަނޑިޔާރުކަމުގެ މަޤާމުން ރިޓަޔަރވެފައިވާ މީހަކު ކަމުގައިވުން، ނުވަތަ 2- ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ތަޢުލީމު ދިނުމުގެ މަސައްކަތުގައި މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
||
މުއްދަތު |
|
||
މަޤާމުތަކުގެ މައިގަނޑު މަސްއޫލިއްޔަތު |
ދިވެހިރާއްޖޭގެ ފަނޑިޔާރުންނާއި، ޤާނޫނީ ވަކީލުންނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް "ކޮންޓިނުއިންގ ޖުޑީޝަލް އެޑިޔުކޭޝަން" ޕްރޮގްރާމްތައް އެކުލަވާލައި ތަންފީޛުކުރުމުގެ އެންމެހާ މަސައްކަތްތައް ޖުޑީޝަލް އެކަޑަމީގެ އިސްތިޝާރީ މަޖުލިހުން ނިންމަވާ ގޮތެއްގެ މަތިން ހިންގުން. |
||
ހުށަހަޅަންޖެހޭ ތަކެތި
|
1- ވަޒީފާއަށް ޝައުޤުހުރިކަން ފާޅުކޮށް ހުށަހަޅާ ސިޓީ. 2- ކުރިމަތިލާ ފަރާތުގެ ވަނަވަރު. 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 4- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ) 5- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ) |
||
ސުންގަޑި |
21 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. |
||
އިތުރު މަޢުލޫމާތު |
|
||
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް |
މި މަޤާމަށް އެކަށީގެންވާ ފަރާތެއް ހޮވުމުގައި އެފަރާތެއްގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، އިސްނެގުމަށާއި، ލީޑަރޝިޕަށާއި، ހިންގުމުގެ ތަޖުރިބާއާއި ނަތީޖާ ހާސިލުކޮށްފައިވާ މިންވަރަށް ރިޢާޔަތް ކުރެވޭނެއެވެ. މިމަޤާމަށް މީހުން އައްޔަންކުރާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ލަފާގެ މަތިން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރެވެ. |