މުބާރާތް
ނަންބަރު: (IUL)242/242/2016/12
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 15:06
ސުންގަޑި: 18 އޭޕްރިލް 2016 11:00
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބެޑްމިންޓަން މުބާރާތެއް އިންތިޒާމުކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ގދ.އަތޮޅު ކައުންސިލްގެ ފަރާތުން މުޅި އަތޮޅަށް ހުޅުވާލައިގެން ބެޑްމިންޓަން މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާތީ، މިމުބާރާތް އިންތިޒާމުކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން މިއިދާރާއިން ކުރި ނަންބަރު (IUL)242/242/2016/7 (10 މާރިޗު 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމަށްފެންނާތީ، މި ދެންނެވި އިޢުލާން ބާޠިލުކޮށް، އަލުން މިކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމުބާރާތް ރާވައި ހިންގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

03 ރަޖަބު 1437

10 އޭޕްރިލް 2016