މަސައްކަތް
ނަންބަރު: (IUL)424-EDSS/424/2016/24
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 18 އޭޕްރިލް 2016 11:00
ފުވައްމުލަކު މާދަޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާދަޑުގެ މަގުތަކުގައި ޖަހާފައިވާ ބައްތިތައް މަރާމާތުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

އިޢުލާން

މަގުބައްތި މަރާމާތުކުރުން ކޮންޓްރެކްޓަށް ދޫކުރުމާ ބެހޭ:

މާދަޑު މަގުތަކުގައި ޖަހާފައިވާ ބައްތިތައް ކޮންޓްރެކްޓް އުސޫލުން މަރާމާތުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި ނަންބަރު: (IUL)424-MS/424/2016/21 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، މި މަސައްކަތަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 11:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި، ޕްރޮޕޯޒަލް ބަލައިގަތުން އޮންނާނީ ދެންނެވިފައިވާ ދުވަސްތަކުގެ އެގަޑިތަކުގައި މި އިދާރާގެ މީޓިންގރޫމުގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ތަމްސީލު ކުރެއްވޭނީ އެންމެ ފަރާތެކެވެ.

4 ރަޖަބު 1437

11 އޭޕްރިލް 2016