މަސައްކަތް
ނަންބަރު: (IUL) 417-CA/417/2016/26
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 14:49
ސުންގަޑި: 26 އޭޕްރިލް 2016 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޙިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދުކޮށްދޭނެ ޙާފިޡަކު ހޯދުން

އިޢުލާން

އިމާމުވެ ތަރާވީޙުނަމާދުކުރުމަށް ޙާފިޡަކު ހޯދުމާބެހޭ:

1437 ވަނަ އަހަރުގެ ރަމަޟާންމަހު، މިރަށު މަސްޖިދުލްފުރުޤާނުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދުކޮށްދޭނެ ޙާފިޡަކު މިކައުންސިލަށް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ތިރީގައިމިވާ މަޢުލޫމާތާ އެއްގޮތަށް މިކަން ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 26 އެޕްރީލް 2016 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އަގު (ކޯޓޭޝަން) މިއިދާރާގެ ޕްރޮކިއުމަންޓުގެ އީމެއިލް: [email protected] އަށް ފޮނުއްވައިދެއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ ކައުންޓަރަށް ހަވާލުކޮށްދެއްވުން އެދެމެވެ.

މަޢުލޫމާތު:

  • ޙާފިޡު ވާންޖެހޭނީ އިސްލާމިކް މިނިސްޓްރީން ހުއްދަ ދީ، އެޕްރޫވްކޮށްފައިވާ ޙާފިޡުކަމުގެ ސަނަދު އޮތް ފަރާތަކަށެވެ.
  • ޙާފިޡަކީ ރާއްޖެއިން ބޭރު ފަރާތެއްނަމަ، ނަގަންޖެހޭ ޚާއްޞަ ވިސާގެ ފޯމުގައި ކައުންސިލުގެ ތައްގަނޑު ޖަހައިދެވޭނެއެވެ.
  • 05 ޖޫން 2016 ވަނަ ދުވަހުގެ ކުރިން ޙާފިޡު ހޯނޑެއްދޫއަށް ފޮނުވަންވާނެއެވެ.
  • ޙާފިޡު ހޯނޑެއްދޫއަށް ގެނައުމަށާއި ފުރުވާލުމަށް ކުރަންޖެހޭ ދަތުރުތަކުގެ ހުރިހާ ޚަރަދެއް ކުރަންޖެހޭނީ ޙާފިޡު ގެނެސްދޭ ފަރާތުންނެވެ. މީގެތެރޭގައި ޙާފިޡު ހޯނޑެއްދޫއާ ހަމައަށް ފޮނުވައިދިނުމަށް ކުރަންޖެހޭ އެންމެހާ ޚަރަދެއް ހިމެނޭނެއެވެ.
  • ޙާފިޡު ހޯނޑެއްދޫގައި ހުރުމާއި ކެއުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސާނީ މި ކައުންސިލުންނެވެ.
  • ރަމަޟާންމަހުގެ ތަރާވީޙުނަމާދު ނިމުމާއެކު 2 ދުވަހުގެ ތެރޭގައި ޙާފިޡު ހޯނޑެއްދޫން ފުރުމުގެ އިންތިޒާމު ޙާފިޡު ގެންނަ ފަރާތުން ހަމަޖައްސަންވާނެއެވެ.

ޕޮއިންޓް ދެވޭނެ މިންގަނޑު

  • ހުށަހަޅާ އަގު: 100 ޕޮއިންޓް (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ލިބޭގޮތަށް)

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

4 ރަޖަބު 1437

11 އޭޕްރިލް 2016