މަސައްކަތް
ނަންބަރު: GS57/2016/11
ޕަބްލިޝްކުރި ތާރީޚް: 12 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 21 އޭޕްރިލް 2016 13:00
ހުޅުދުއްފާރު ސްކޫލް
ދިވެހިރާއްޖެ
ވަށާފާރުގައި ކުލަލުމާއި މަރާމާތުކުރުމަށް

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

ސްކޫލުގެ ވަށާފާރުގައި ކުލަލުމާއި މަރާމާތުކުރުމާ ގުޅޭ:

މި ސްކޫލުގެ ވަށާފާރުގައި ކުލަލުމާއި މަރާމާތުކުރުމަށް ބޭނުންވެއްޖެއެވެ.

ކުރަންޖެހޭ މަސައްކަތްތައް:

  1. ސްކޫލުގެ ވަށާފާރު މަރާމާތުކުރުމާއި ކުލަ އައުކުރުން

ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން ތިރީގައިވާ ތާވަލާ އެއްގޮތަށް އޮންނާނެއެވެ. ރަށުން ބޭރު ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް، ސްކޫލުގެ ފޯން ނަންބަރު: 6580097 އާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވިދާނެއެވެ. މަޢުލޫމާތު ސާފުކުރާ ފަރާތުގެ ބަދަލުގައި އަންދާސީހިސާބު ހުށަހަޅުއްވަން ދުރުވާ ފަރާތްތަކުން އެކަން އެނގޭނެ ސިޓީއެއް ހިއްޕަވައިގެން ދުރުވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މި މަސައްކަތްކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

21 އެޕްރީލް 2016 (ބުރާސްފަތި) ދުވަހުގެ 13:00 އަށް.

27 އެޕްރީލް 2016 (ބުދަ) ދުވަހުގެ 13:00 އަށް.

ހުޅުދުއްފާރު ސްކޫލުގައި

 ހުޅުދުއްފާރު ސްކޫލުގައި

05 ރަޖަބު 1437

12 އޭޕްރިލް 2016