މަސައްކަތް
ނަންބަރު: GS124/IUL/2016/10
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 24 އޭޕްރިލް 2016 11:00
އިނގުރައިދޫ ސްކޫލް
ދިވެހިރާއްޖެ
ޓިނު ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި ސްކޫލުގެ 6 ކްލާސްރޫމް ހިމެނޭ ޢިމާރާތުގެ ޓިނު ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް:

މި ސްކޫލުގެ 6 ކްލާސްރޫމް ހިމެނޭ ޢިމާރާތުގެ ޓިނު ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން ސްކޫލަށް ދުރުވެދެއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީހިސާބު ޤަބޫލުނުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކޮށްދިނުމަށް ކަނޑައެޅިފައިވާ ގަޑި ފިޔަވައި އިތުރު ވަގުތުތަކުގައި މަޢުލޫމާތުދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދެންނެވީމެވެ. ނަމަވެސް، މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުން އަންދާސީހިސާބު ތައްޔާރުކުރުމަށް އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 6580316 ނަންބަރު ފޯނާ ގުޅުއްވުމުން އެ މަޢުލޫމާތު ދޭގޮތަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

04 ރަޖަބު 1437

11 އޭޕްރިލް 2016