ކުއްޔަށް ދިނުން
ނަންބަރު: (IUL)417-CA/417/2016/27
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 11:28
ސުންގަޑި: 21 އޭޕްރިލް 2016 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުލީ ބިން ދޫކުރުން

އިޢުލާން

ކުލީ ބިން ދޫކުރުން؛

މިރަށުގައި މަސްކައްކައި ހިއްކުމާއި / ހުއިފިލަނޑާގެ މަސައްކަތަށް އަދި ވާރކްޝޮޕް ހެދުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް އެދުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މިކަމަށް އެދިލައްވާ ފަރާތްތަކުން، މިއިދާރާއަށް ވަޑައިގެން 28 އެޕްރީލް 2016 ވަނަދުވަހުގެ 10:00 އަށް ބިޑު ހުށަހެޅުއްވުން އެދެމެވެ. ބިޑު ހުށަހެޅުމަށް އެދޭ ފޯމު މިކައުންސިލްގެ އިދާރާގެ ކައުންޓަރުން ބައްލަވައިގަންނަން ލިބިވަޑައިގަންނަވާނެއެވެ. ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ 12 އެޕްރީލް 2016 އިން ފެށިގެން 21 އެޕްރީލް 2016 ވަނަދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރުންނެވެ. ބައްލަވައިގަންނަ ފޯމާއެކު ބިން ކުއްޔަށް ހިފުމާބެހޭ މަޢުލޫމާތުޝީޓު ލިބިވަޑައިގަންނަވާނެއެވެ. ފޯމެއްގެ އަގަކީ -/100ރ (އެއްސަތޭކަ ރުފިޔާ) އެވެ. ދޫކުރުމަށް ހަމަޖެހިފައިވަނީ މި އިޢުލާނާއެކު އާންމު މިކުރާ ޗާޓުގައި ފާހަގަކުރެވިފައިވާ ތިރީގައި މިދަންނަވާ ބިންބިމެވެ.

  1. މަސްކައްކައި ހިއްކުމަށް/ ހުއިފިލަނޑާގެ މަސައްކަތަށް (ބިން ނަންބަރު 38.1، 4000 އަކަފޫޓު)
  2. މަސްކައްކައި ހިއްކުމަށް/ ހުއިފިލަނޑާގެ މަސައްކަތަށް (ބިން ނަންބަރު 38.2، 4000 އަކަފޫޓު)
  3. މަސްކައްކައި ހިއްކުމަށް/ ހުއިފިލަނޑާގެ މަސައްކަތަށް (ބިން ނަންބަރު 38.3، 2000 އަކަފޫޓު)
  4. މަސްކައްކައި ހިއްކުމަށް/ ހުއިފިލަނޑާގެ މަސައްކަތަށް (ބިން ނަންބަރު 38.4، 2000 އަކަފޫޓު)

ބިޑު ހުށަހަޅުއްވަނީ ކުންފުނި/ކޯޕަރޭޓިވް/ލޯކަލް އިންވެސްޓްމެންޓުގެ ފަރާތުންނަމަ ބިޑު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑުގެ ނަންބަރު ޖަހާފައިވާ، ކުންފުނި/ކޯޕަރޭޓިވް/ލޯކަލް އިންވެސްޓްމެންޓުގެ ލިޔުމެއް ކުންފުނި/ކޯޕަރޭޓިވް/ލޯކަލްއިންވެސްޓްމެންޓުގެ ރަޖިސްޓަރީގެ ކޮޕީ އަދި ބީޕީޓީ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރުދުން ބަދަލުގައި މީހަކު ފޮނުއްވައިގެން ހުށަހަޅާނަމަ ބިޑު ހުށަހަޅާ ފަރާތުގެ ސިޓީއެއް ބިޑްފޯމު ހިފައިގެން ވަޑައިގަންނަވާއިރު ގެންނަވަންވާނެއެވެ. އަދި ބަދަލުގައި ހުށަހަޅާނަމަ ކޮންމެ ފަރާތަކަށް ހުށަހެޅޭނީ އެންމެ ބިޑްފޯމެކެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

4 ރަޖަބު 1437

11 އޭޕްރިލް 2016