ދިވެހިރާއްޖެ
އިޢުލާން
ރަތަފަންދޫ ޖެޓީގެ އުތުރުކޮޅުން ތެޔޮވިއްކުމަށް ޚާއްޞަކުރެވިފައިވާ ބިންތައް ކުއްޔަށް ދޫކުރުން
ރަތަފަންދޫ ބަނދަރުގެ އުތުރުކޮޅުން ޖެޓީކައިރިން ތެޔޮވިއްކުމަށް ޚާއްޞަ ކުރެވިފައިވާ ދެބިން 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ބޭނުންވެފައެވެ.
# |
ބިމުގެ ނަންބަރު |
ބިމުގެ ބޮޑުމިން |
ދުކުރެވޭ އެންމެ ކުޑަކުލި (މަހަކު) |
އިޖުތިމާޢީ ކަންކަމަށް ދެވޭ އެހީ މަހަކު އެންމެ ކުޑަމިންވަރު |
1 |
ތެޔޮވިއްކުމަށް ޚާއްޞަ 1 ނަންބަރު ބިން |
800 އަކަފޫޓު |
-/1000 ރުފިޔާ |
-/1200 ރުފިޔާ |
2 |
ތެޔޮވިއްކުމަށް ޚާއްޞަ 2 ނަންބަރު ބިން |
800 އަކަފޫޓު |
-/1000 ރުފިޔާ |
-/1200 ރުފިޔާ |
އިސްވެ ދެންނެވުނު ބިމަށް ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު ބިން ކުއްޔަށް ހިފުމަށް ހުށަހަޅުއްވާ ކުލި، އިޖުތިމާޢީ ކަންކަމަށް ޚަރަދުކުރާނެ މިންވަރު ކަނޑައަޅައި ހުށަހަޅުއްވަންވާނެއެވެ. އަދި މީގެ އިތުރުން ކޮންމެ ބިމަކަށް ވަކިން ތަފުސީލު ހުށަހެޅުއްވުން އެދެމެވެ.
- އިސްވެ ދެންނެވުނު ބިންތަކުގައި ކުރެވޭނެ ކަންތައްތައް
1– ހަމައެކަނި ތެޔޮވިއްކުމުގެ މަސައްކަތް
މާކްސް ދެވޭގޮތުގެ ތަފުސީލު:
މާކްސް ދެވޭނެ ކްރައިޓީރިއާ |
މާކްސް ދެވޭގޮތް |
ތަފުސީލު |
ހުށަހަޅާ މަހުކުއްޔަށް |
40% |
|
ބިން ތަރައްޤީކުރުމަށް ގޯތީގެ ވަށާ އިންފާރު ރޭނުން |
10% |
|
އިޖުތިމާޢީ ކަންކަމަށް ކުރާ ޚަރަދަށް |
50% |
|
ނޯޓް: މި ދެބިން ކުއްޔަށް ހިފާފަރާތުން ބިމުގައި ތެޔޮވިއްކުމުގެ މަސައްކަތް ފެށުމުގެ ކުރިން ބިމުގެ ވަށާ އިންފާރު އެންމެ ކުޑަވެގެން 4 ފޫޓު އުސްމިނަށް ރާނައި ނިންމަންވާނެއެވެ.
ވީމާ، އިސްވެދެންނެވުނު ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު އަމިއްލަ ފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ، ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އެންމެފަހުން ފައިސާ ދެއްކި ރަސީދުގެ ކޮޕީ ހުށަހަޅުއްވަން ވާނެއެވެ. މިއިދާރާއިން ކުރެވުނު ނަންބަރު: (IUL)420-PM/242/2016/13 ގެ އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީހިސާބުތައް އެއްގޮތްކަމަށް ފެންނާތީ އެއިޢުލާން ވަނީ ބާޠިލުކުރެވިފައެވެ.
3 ރަޖަބު 1437