މަސައްކަތް
ނަންބަރު: (IUL)355-ESMS/PRIV/2016/2
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 10:06
ސުންގަޑި: 20 އޭޕްރިލް 2016 13:00
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅިވަރު އެކުވެނީގައި ފެންސް ޖަހައި ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އދ. ފެންފުށީ ކުޅިވަރު އެކުވެނީގައި ފެންސް ޖަހައި ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުން:

އދ. ފެންފުށީ ކުޅިވަރު އެކުވެނީގައި ފެންސް ޖަހައި ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 13:00 އަށް އދ.ފެންފުށީ ކައުންސިލް އިދާރާގެ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިކައުންސިލް އިދާރާގެ މީޓިންގރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ. ކުންފުންޏަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ބޭފުޅަކު ވަޑައިގަންނަވާނަމަ ކުންފުނީގެ ބޭފުޅެއްކަން ބަޔާންކުރާ ސިޓީއަކާއެކު ވަޑައިގެންދެއްވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއެކު އައިޑީކާޑުގެ ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންދެއްވުމަށް ދަންނަވަމަވެ. މަޢުލޫމާތުޝީޓު ވިއްކުމަށް ހަމަޖެހިފައިވަނީ ބައިވެރިވާ ކޮންމެ ފަރާތަކުން -/200ރ (ދުއިސައްތަ ރުފިޔާ)، މިކައުންސިލަށް ދެއްކުމަށްފަހުގައެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

  04 ރަޖަބު 1437

11 އޭޕްރިލް 2016