ވަޒީފާގެ ފުރުޞަތު
ނަންބަރު: 405-A/2016/17
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 10:06
ސުންގަޑި: 18 އޭޕްރިލް 2016 14:00
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް: ޖީ. އެސް. 3 (ޖެނެރަލް ސަރވިސް 3)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

އޮފީސް/ އިދާރާ: ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ

ސެކްޝަން: ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާގެ މުނިސިޕަލް ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން: ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ

މުސާރަ: -/4465 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

 1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް  ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.                                     

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1 - ކައުންސިލްގެ ޖަލްސާ، ކުއްލި ބައްދަލުވުން، މަޝްވަރާ ބައްދަލުވުންތަކުގެ ޔައުމިއްޔާ، އެއް ޖަލްސާއިން އަނެއް ޖަލްސާއަށް ލިޔެ، ޖަލްސާ ބޭއްވުމުގެ 1 ގަޑިއިރު ކުރިން ސުޕަވައިޒަރާ ހަވާލުކުރުން.

2- ކައުންސިލް ޖަލްސާގެ އެޖެންޑާ ނޯޓްކުރާ ފޮތުގައިވާގޮތަށް ސުޕަވައިޒަރު އަންގަވާ ގޮތެއްގެ މަތީން ލިޔެ ހަވާލުކުރުން.

3- ކައުންސިލްގެ ޖަލްސާތަކުގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުމަށް އަންގަވައިފި ހިނދެއްގައި އެކަން ބެލެހެއްޓުން.

4- ކައުންސިލްގެ ޖަލްސާއިން ފާސްކުރާ ޔައުމިއްޔާއާއި، ޤަރާރާއި، ކުއްލި ބައްދަލުވުންތަކާއި، މަޝްވަރާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ގަވާއިދުން ފޮނުވަންޖެހޭ މުއައްސަސާތަކަށް ފޮނުވައި، ހާމަކުރަންޖެހޭ ލިޔުންތައް ހާމަކުރުން.     

5- ކައުންސިލަރުންގެ ހާޒިރީ ބެލެހެއްޓުން.

6- ކައުންސިލް މެންބަރުންގެ ސަލާމާއި ޗުއްޓީގެ ރެކޯޑް ބެލެހެއްޓުން.

7- އައި.ޑީ ކާޑު ހެއްދުމާބެހޭ ފޯމު ދޫކުރުމާއި، ބަލައިގަތުމާއި، ކާޑު ހަދައިދިނުމާއި، ކާޑު ރައްދުކޮށްދިނުން.

8- ކައުންސިލް އިދާރާގެ އިންވެންޓުރީއަށް ލިބޭ ތަކެތި ފޮތަށް ނެގުމާއި، އުނިކޮށް ބެލެހެއްޓުން.

9- ކައުންސިލްގެ ސްޓޮކް ބެލެހެއްޓުން.

10- ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކަށް ލިބޭ ތަކެތީގެ ރެކޯޑް ބެލެހެއްޓުން.

11- ގޭގޭގެ މީހުންގެ، ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

ހ- ތަޢުލީމީ ނަތީޖާ.

ށ- ތަޖުރިބާ.

ނ- އިންޓަވިއު.

ރ- ތިއަރީ ޓެސްޓް.

ބ- މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތު.

ޅ- މަސައްކަތުގެ ދާއިރާގައި އުޅެފައިވާ މުއްދަތު.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު:

ވަޒީފާއަށް  އެދި  ކުރިމަތިލާ  ފަރާތްތަކަށް  ބާއްވާ  އިންޓަވިއު  އޮންނާނީ،  ކުނަހަންދޫ  ކައުންސިލްގެ  އިދާރާގައި،  2016 އެޕްރީލް 21 ވާ ބުރާސްފަތި ދުވަހު 13.00 ގައެވެ.

މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި:

2016 އެޕްރީލް 18 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން "ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ" އަށް.

އުޖޫރައާއި ޢިނާޔަތްތައް: 

ރަސްމީ  ބަންދު  ދުވަސްދުވަހު  މަސައްކަތްކުރުމުން،  ހަމަޖެހިފައިވާ  އުސޫލުން  އިތުރުގަޑީގެ  ފައިސާ  ދެވޭނެއެވެ. އަދި  އަހަރީ  ޗުއްޓީގެގޮތުގައި، ކޮންމެ އަހަރަކު 30 ދުވަހާއި، އާއިލީ ޒިންމާގެ ޗުއްޓީގެގޮތުގައި އަހަރަކު 10 ދުވަހާއި، ބަލިވެ ސަލާމުގެގޮތުގައި 30 ދުވަސް ލިބޭނެއެވެ. މީގެ އިތުރުން، ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތީން އެންމެހައި ޢިނާޔަތްތައް ލިބިދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ، ސިވިލް ސަރވިސް ކޮމިޝަނުންނާއި، ރަށު ކައުންސިލްގެ އިދާރާތަކުންނާއި، ސިޓީ ކައުންސިލްގެ އިދާރާތަކުންނާއި، ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާއިންނެވެ.

2- ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކުރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) 

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 9995970 ނަންބަރު ފޯނާއެވެ. އީމެއިލް ކުރާނީ؛ Kuna.council@gmail އަށެވެ.

28 ޖުމާދަލްއާޚިރާ 1437

06 އޭޕްރިލް 2016