ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)330-B/330/2016/28
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 08:56
ސުންގަޑި: 21 އޭޕްރިލް 2016 11:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
100 ލެޑް ލައިޓް ( 50 ވޯޓްގެ، އައުޓްޑޯރ ) ގަތުމަށް

އިޢުލާން

100 ލެޑް ލައިޓް ގަންނަން ބޭނުންވެއްޖެއެވެ.

މިއިދާރާގެ ބޭނުމަށް 100 ލެޑް ލައިޓް ( 50 ވޯޓްގެ، އައުޓްޑޯރ ) ގަންނަން ބޭނުންވެއްޖެއެވެ.

ވީމާ، މިއިދާރާއަށް ލެޑްލައިޓް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅުއްވާއިރު ސަމާލުކަންދޭންވީ ކަންތައްތައް

  • ކޮންމެ ބޭފުޅަކަށްވެސް އަންދާސީހިސާބު ހުށަހެޅުއްވޭނީ ކޮންމެވެސް އެއްފަރާތެއްގެ ނަމުގައެވެ.
  • އަންދާސީހިސާބު ބާޠިލުވާ މުއްދަތު ކަމުގައި މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.
  • އަންދާސީހިސާބުގައި އަގާއި މުއްދަތު ބަޔާންކުރެވިފައި އޮންނަންވާނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާއިރު ތިރީގައި މިދަންނަވާ ތަކެތި ހުށަހަޅުއްވަން ވާނެއެވެ.

  • ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ
  • ޖީ. އެސް. ޓީ. ރަޖިސްޓަރީގެ ކޮޕީ
  • ފަރުދުންގެ ވިޔަފާރިއަށް ރަޖިސްޓަރީ ކޮށްފައިވާ ލިޔުމުގެ ކޮޕީ
  • ވިއްކަވަން ހުށަހަޅުއްވާ ލެޑްލައިޓްގެ ސްޕެސިފިކޭޝަންސް ( މިންތައް އެނގޭގޮތަށް ކުރެހުމާއެކު )

މިކަމަށް އެދި ހުށަހަޅުއްވާ އަންދާސީހިސާބުތަކަށް ޕޮއިންޓް ދޭނެގޮތް މިދަންނަވަނީއެވެ.

  • ހުށަހަޅުއްވާ އަގަށް:      80 (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެގިނަ ޕޮއިންޓް ލިބޭގޮތަށް )
  • މުއްދަތަށް:           20 (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެގިނަ ޕޮއިންޓް ލިބޭގޮތަށް )

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6645377 ފޯނަށް، ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

10 އޭޕްރިލް 2016