ދިވެހިރާއްޖެ
|
އިޢުލާން ވަޒީފާގެ ފުރުޞަތު: |
|||||
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމް: |
||||
|
1 (އެކެއް) |
ބޭނުންވާ އަދަދު: |
||||
|
ޖީ. އެސް. 3 |
މަޤާމުގެ ރޭންކް: | ||||
|
އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ މެޖިސްޓްރޭޓް ކޯޓު |
މަސައްކަތްކުރަންޖެހޭ ތަން: |
||||
|
-/4,465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ) |
އަސާސީ މުސާރަ: |
||||
|
- ސަރވިސް އެލަވަންސް: -/1,500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ) - ލިވިންގ އެލަވަންސް: -/2,550 ރުފިޔާ ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް) - ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20 - އިތުރުގަޑީގެ ފައިސާ: ކަނޑައެޅިފައިވަ އުސޫލުން އިތުރުގަޑީގެ ފައިސާ. |
މި މަޤާމަށް ލިބޭ އެލަވަންސް: |
||||
|
1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ؛ 2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS 2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
އަސާސީ ޝަރުޠު: |
||||
|
- އެކިއެކި ފޯމުތައް ދޫކުރުމާއި، ބަލައިގަތުމާއި، ފޯމު ބަލައިގަންނައިރު ފޯމު ފުރިހަމަކޮށް ފުރާފައިވޭތޯ ބެލުމާއި، ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ހަމަޔަށް ހުށަހަޅާފައިވޭތޯ ބެލުން. - ޝަރީޢަތުގެ މަޖިލިސްތައް ހިންގުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން. އެގޮތުން، ކޯޓަށް ހާޒިރުކުރަންޖެހޭ ފަރާތްތަކަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ލިޔެ ފޮނުވުމާއި، ކޯޓަށް ހާޒިރުވުމުން ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވާ ފަރާތްތައް ވެއްދުމާއި، މަޖިލިސް ނިމުމުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. - ނަގަންޖެހޭ ބަޔާންތައް ނެގުމާއި، ރެކޯޑުކުރެވޭ ބަޔާންތައް ޓައިޕުކުރުމާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ތައްޔާރުކުރުމުގައި އެހީތެރިވެދިނުން. - ހުށަހެޅޭ މައްސަލަތަކާއި، ހިނގަމުންދާ މައްސަލަތަކާއި، ނިމޭ އެންމެހައި މައްސަލަތަކާ ގުޅިގެން އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައްކުރުން. އެގޮތުން، ފޮނުވަންޖެހޭ ސިޓީ، މެސެޖުތައް ފޮނުވުމާއި، ޖަވާބުދޭންޖެހޭ ސިޓީއާއި މެސެޖުތަކަށް ޖަވާބުދިނުމާއި، މައްސަލައިގެ ފައިލްތައް ބެލެހެއްޓުމާއި، އަންގާ ގޮތެއްގެ މަތީން މައްސަލަތައް ތާވަލުކޮށް، ކޯޓުގެ ޝެޑިއުލް ބެލެހެއްޓުން. - އެކި މުއައްސަސާތަކަށް ފޮނުވަންޖެހޭ އެކިއެކި ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ތާރީޚާއި ގަޑިއަށް ފޮނުވުން. - ފައިސާއާއި، ތަކެއްޗާއި، އެނޫންވެސް ބަލައިގަންނަށްޖެހޭ ތަކެތި ބަލައިގަތުމާއި، ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން ލިޔަންޖެހޭ ފޮތްތަކުގައި ލިޔެ ހަވާލުކުރުމާއި، ވަރި ކައިވެނި ފަދަ ކަންކަމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި، އެނޫންވެސް ވަޒީފާގެގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން. |
މައިގަނޑު މަސްއޫލިއްޔަތު: |
||||
|
- ވަޒީފާއަށް އެދޭ ފޯމު (މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް: www.judiciary.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ކުރިމަތިލާ ފަރާތުގެ ވަނަވަރު. - ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ (ސެޓުފިކެޓު ލެވެލުން މަތީގެ ސެޓުފިކެޓުތައް ހުށަހަޅަންވާނީ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީއެވެ.) - އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ. - ފާއިތުވީ ދެ އަހަރުދުވަހުގެ މަސައްކަތުގެ ފެންވަރު ބަލާފައިވާ ފޯމުގެ ކޮޕީ (މި ފޯމު ހުށަހަޅަންޖެހޭނީ، ހަމައެކަނި ދެވަނަ ޝަރުޠަށް ބަލައި، ޝަރުޠު ހަމަވާ ފަރާތްތަކުން) - ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެ ފޯމެއް ބާޠިލުކުރެވޭނެއެވެ. ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ. |
ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި: |
||||
|
2016 އެޕްރީލް 25 ވަނަ ދުވަހުގެ 15:00 ގެ ކުރިން. |
ސުންގަޑި: |
||||
|
- މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ، މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ. - މި މަޤާމަށް އެދި ހުށަހަޅާ ފޯމުތަކުގެ ތެރެއިން އިޢުލާނާ އެއްގޮތަށް ޝަރުޠު ފުރިހަމަނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމުތައް ކެންސަލް ކުރެވޭނެއެވެ. ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް އިންޓަވިއުކުރާނެ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު: |
||||
7 ރަޖަބު 1437