މަސައްކަތް
ނަންބަރު: (IUL)394/394/2016/17
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 08:32
ސުންގަޑި: 21 އޭޕްރިލް 2016 13:30
ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ތ. އޮމަދޫ ކައުންސިލްގެ އިދާރާ މަރާމާތުކުރުމާ ބެހޭ:

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި އިދާރާ ހިންގަމުން އަންނަ އިމާރާތް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.     

ކަމާގުޅޭ މަޢުލޫމާތުދިނުން އޮންނާނީ 21 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މި އިދާރާގައެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ 28 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މި އިދާރާއަށެވެ.

މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ.

04 ރަޖަބު 1437

11 އޭޕްރިލް 2016