ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ޑިރެކްޓަރ |
މަޤާމް: |
|
EX 2 |
މަޤާމުގެ ރޭންކް: |
|
1 (އެކެއް) |
ބޭނުންވާ އަދަދު: |
|
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު / ޕްރޮޓޮކޯލް ޑިވިޜަން |
މަސައްކަތްކުރަންޖެހޭ ތަން: |
|
މަހަކު -/9890 ރުފިޔާ |
އަސާސީ މުސާރަ: |
|
މުސާރައިގެ އިތުރުން، ސަރވިސް އެލަވަންސް -/2000 ރުފިޔާ (ދެ ހާސް ރުފިޔާ)، ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %50، ލިވިންގ އެލަވަންސް -/3000 ރުފިޔާ (ތިންހާސް ރުފިޔާ)، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން އެލަވަންސްތައް. |
މި މަޤާމަށް ލިބޭ އެލަވަންސް: |
|
1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޕީ.އެޗް.ޑީ ހާސިލުކޮށްފައިވުން. ނުވަތަ؛ 3. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުމެއް ޙައްޤުވާ މާކުހެއް ލިބެމުންދިއުމާއެކު، EX1 ގެ ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
އަސާސީ ޝަރުޠު: |
|
1- ފަނޑިޔާރުންގެ މަޖިލީހުގެ އެންމެހައި ކަންތައްތައް ހަރުދަނާކޮށް ވިލަރެސްކުރުމާއި، ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާ ކަންތައްތައް ތަންފީޒުކުރެވެމުންދާ ގޮތާއި މިންވަރު ބެލުން. 2- ފަނޑިޔާރުންގެ މަޖިލީހުގެ ކޮމިޓީތަކަށް ބޭނުންވާ ފަންނީ ޚިދުމަތާއި، ސެކްރެޓޭރިއޭޓުގެ ޚިދުމަތް ފުރިހަމަގޮތުގައި ފޯރުކޮށްދިނުން. 3- ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ އުޞޫލާ އެއްގޮތްވާގޮތުގެމަތިން، ބައިނަލްއަޤްވާމީ ދާއިރާގައި ބޭރުގެ އެކިއެކި ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ އެހީ ހޯދުމާއި، މަޢުލޫމާތު ބަދަލުކުރުމާއި، ބޭރުޤައުމުތަކުގެ ޖުޑިޝަރީތަކާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި، ދިވެހިރާއްޖޭގެ ޖުޑީޝަރީއާމެދު ގުޅުންބަދަހިކޮށް އެއްބާރުލުން އިތުރުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން. 4- ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ސުޕްރީމް ކޯޓުގެ ސެކިއުރިޓީއާބެހޭ އެންމެހައި ކަންކަން ކުރުން. 5- އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އެޕޮއިންޓްމަންޓްތަކާބެހޭ އެންމެހައި ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން. 6- އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކާއި ރަސްމިއްޔާތުތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުން އިންތިޒާމްކުރަންޖެހޭ ކަންކަން ކުރުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
|
1- ކުރިމަތިލާ ފަރާތުގެ ވަނަވަރު. 2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (މި ސެޓްފިކެޓްތަކާއެކު ޓްރާސްކްރިޕްޓް ހުށަހަޅަންވާނެއެވެ.) 4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމުގައި ވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް) |
ހުށަހަޅަންޖެހޭ ތަކެތި: |
|
މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރުމަށްފަހު، 2016 އެޕްރީލް 17 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މި ކޯޓަށް ފޮނުވުން އެދެމެވެ. |
ސުންގަޑި: |
|
- މި މަޤާމަށް އިންޓަވިއު ކުރުން އޮންނާނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި، 19 އެޕްރީލް 2016 އިން ފެށިގެންނެވެ. - އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. |
އިންޓަވިއު: |
|
1- މި މަޤާމަށް ހުށަހެޅޭ ލިޔުންތަކާއި އިންޓަވިއުއަށް ބަލައި، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެކަމަށް ފެންނަ ފަރާތެއްކަމަށް ފާހަގަކުރެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. 3- އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް އަސްލާ އެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ. 4- މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމު، މި ކޯޓުގެ ވެބްސައިޓް www.supremecourt.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ކޯޓުގެ ކައުންޓަރުންވެސް މި ފޯމު ލިބެން ހުންނާނެއެވެ. |
އިތުރު މަޢުލޫމާތު: |
5 ރަޖަބު 1437