ވަޒީފާގެ ފުރުޞަތު
ނަންބަރު: IAS/MIS/2016-697
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 18 އޭޕްރިލް 2016 14:00
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އިންޖިިނިއަރިންގ ހޭންޑް ޓްރެއިނީ
ބޭނުންވާ އަދަދު :2

ކުރަންޖެހޭ މައިގަނޑު މަސައްކަތް: މަތިންދާބޯޓު ދޮވުމާއި މަތިންދާބޯޓުގެ މަސައްކަތްތަކުގައި ބޭނުންކުރާ އެކިއެކި އިކްއިޕްމަންޓްތަކުގެ މެއިންޓެނަންސް ބެލެހެއްޓުން.

އޮފީސް ސާފުކޮށް ބެލެހެއްޓުމާއި އަދި އޮފީހަށް ބޭނުންވާ ތަކެތި ހަމަކޮށް ބެލެހެއްޓުން.

ފެންވަރު ނުވަތަ ޝަރުޠު:

- ގްރޭޑް 10ގެ ފެންވަރު ހުރުމާއެކު އިނގިރޭސި ލިޔެ ކިޔަން އެނގުން.

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ ތަޖުރިބާ ލިބިފައިވާ، އަދި އެފަދަ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ނުވަތަ ކުރި މީހެއް ކަމުގައިވުން.

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.

މަސައްކަތް ކުރަންޖެހޭ ތަން: އިންޖިނިއަރިންގ ޑިޕާޓްމަންޓް / އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް

މަޤާމް :ޑައިވަރ ޓްރެއިނީ
ބޭނުންވާ އަދަދު :2

ކުރަންޖެހޭ މައިގަނޑު މަސައްކަތް: ސީޕްލޭން ޕްލެޓްފޯމްތަކާއި ޑޮކުތަކުގެ ޙާލަތު ބަލައި ކުރަންޖެހޭ މަރާމާތުތައް ކުރުމާއި، ޑޮކު ނުވަތަ ޕްލެޓްފޯމްތައް އެޅުމަށް ކުރަންޖެހޭ ދިރާސާތަކުގައި ބައިވެރިވުން.

ފެންވަރު ނުވަތަ ޝަރުޠު:                

- PADI އޯޕަންވޯޓަރ ލައިސަންސް ހުރި މީހެއް ކަމުގައިވުން 

- ގްރޭޑް 10ގެ ފެންވަރު ހުރުމާއެކު، އިނގިރޭސި އަދި ހިސާބުޢިލްމުން ދަށްވެގެން ސީ ފާސް ލިބިފައިވުން.

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.

- މީހުންނާ ގުޅިގެން އެކުގައި މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.

- ގިނަވަގުތު ޑައިވިންގައި އުޅެވޭފަދަ ޞިއްޙަތެއްގައި ހުރުން.

މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވިއަން ސީޕްލޭން ބޭސް / އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް

މިމަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ، 18 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް

އައިލެންޑް އޭވިއޭޝަން ހެޑްއޮފީސް

މ. ރާވެރިގެ، މަޖީދީމަގު، މާލެ، ދިވެހިރާއްޖެ

ފޯން ނަންބަރު: 3331262 ފެކްސް ނަންބަރު: 3314806

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު މިކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި ކުންފުނީގެ ވެބްސައިޓް އެޑްރެހަކީ www.maldivian.aero އެވެ. އަދި މި ވަޒީފާއާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަދި ޝަރުޠު ހަމަނުވާ އެޕްލިކޭޝަންސް ޑިސްކޮލިފައިވާނެވާހަކަ ދެންނެވީމެވެ. އަދި ބަޔާންކުރެވިފައިވާ ވަޒީފާއަށް ގުޅާނީ ހަމައެކަނި ޝޯޓްލިސްޓެޑް ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ. 

04 ރަޖަބު 1437

11 އޭޕްރިލް 2016