ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)197-A1/1/2016/ 31
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 11:57
ސުންގަޑި: 17 އޭޕްރިލް 2016 15:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

ވަޒީފާގެ ފުރުޞަތު

ޑިރެކްޓަރ

މަޤާމު

EX 2

ރޭންކް

01

އަދަދު

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު / ޕްރޮޓޮކޯލް ޑިވިޜަން

މަސައްކަތްކުރަންޖެހޭ ތަން

-/9890 ރުފިޔާ

އަސާސީ މުސާރަ

މުސާރައިގެ އިތުރުން، ސަރވިސް އެލަވަންސް -/2000ރ (ދެހާސް ރުފިޔާ)، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %50، ލިވިންގ އެލަވަންސް -/3000ރ (ތިންހާސް ރުފިޔާ) އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އެލަވަންސްތައް.

މިމަޤާމަށް ލިބޭ އެލަވަންސް

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު 1 އަހަރުދުވަހުގެ މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޕީ.އެޗް.ޑީ ހާސިލުކޮށްފައިވުން، ނުވަތަ
  3. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުމެއް ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއެކު EX1 ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

އަސާސީ ޝަރުޠު

1- ފަނޑިޔާރުންގެ މަޖިލީހުގެ އެންމެހައި ކަންތައްތައް ހަރުދަނާކޮށް ވިލަރެސްކުރުމާއި ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާ ކަންތައްތައް ތަންފީޒުކުރެވެމުންދާ ގޮތާއި މިންވަރު ބެލުން

2- ފަނޑިޔާރުންގެ މަޖިލީހުގެ ކޮމިޓީތަކަށް ބޭނުންވާ ފަންނީ އަދި ސެކްރެޓޭރިއޭޓުގެ ޚިދުމަތް ފުރިހަމަގޮތުގައި ފޯރުކޮށްދިނުން

3- ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން، ބައިނަލްއަޤްވާމީ ދާއިރާގައި އެކިއެކި ބޭރުގެ ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ އެހީ ހޯދުމާއި، މަޢުލޫމާތު ބަދަލުކުރުމާއި، ބޭރުޤައުމުތަކުގެ ޖުޑިޝަރީތަކާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި ދިވެހިރާއްޖޭގެ ޖުޑީޝަރީއާ މެދު ގުޅުންބަދަހިކޮށް އެއްބާރުލުން އިތުރުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން.

4- ސުޕްރީމްކޯޓުގެ ފަނޑިޔާރުންނާއި ސުޕްރީމްކޯޓުގެ ސެކިއުރިޓީއާބެހޭ އެންމެހައި ކަންކަން ކުރުން

5- އުއްތަމަ ފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އެޕޮއިންޓްމަންޓްތަކާބެހޭ އެންމެހައި ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުން

6- އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކާއި ރަސްމިއްޔާތުތަކާ ގުޅޭގޮތުން ސުޕްރީމްކޯޓުން އިންތިޒާމުކުރަންޖެހޭ ކަންކަން ކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1- ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު.

2- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (މި ސެޓްފިކެޓްތަކާއެކު ޓްރާސްކްރިޕްޓް ހުށަހަޅަންވާނެއެވެ.)

4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް)

ހުށަހަޅަންޖެހޭ ތަކެތި

މިމަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މިކޯޓުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 17 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މިކޯޓަށް ފޮނުއްވުން އެދެމެވެ.

ސުންގަޑި

1- މިމަޤާމަށް ހުށަހެޅޭ ލިޔުންތަކާއި އިންޓަރވިއުއަށް ބަލައި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެކަމަށް ފެންނަ ފަރާތެއްކަމަށް ފާހަގަކުރެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

2- އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

3- އިންޓަރވިއުއަށް ހޮވޭ މީހުން އިންޓަރވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް އަސްލާ އެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ.

4- މިކޯޓުގެ ވަޒީފާއަށް އެދޭ ފޯމު މިކޯޓުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މިކޯޓުގެ ވެބްސައިޓުގެ އެޑްރެހަކީ www.supremecourt.gov.mv އެވެ. އަދި ބޭނުންވާ ފަރާތްތަކަށް މިކޯޓުގެ ކައުންޓަރުން ފޯމު ލިބެން ހުންނާނެއެވެ. މި މަޤާމަށް އިންޓަރވިއު ކުރުން އޮންނާނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި، 19 އެޕްރީލް 2016 އިން ފެށިގެންނެވެ.

އިތުރު މަޢުލޫމާތު

13 އޭޕްރިލް 2016