ދިވެހިރާއްޖެ
އިޢުލާން
ޖުޑީޝަލް އެކަޑަމީ / ވިލިނގިލީއަވަށުގެ ޢިމާރާތުގެ ބައެއް ބައިތަކުގައި ޖަހާފައިވާ ތަށިމުށިތައް ނެއްޓިފައިވާތީ އެތަށިމުތިތައް ނަގައި ތަން ސާފުކޮށް، އެބައިތަކުގައި ތަށިމުށި ޖެހުމާއި، ބައެއް ބައިތަކުގައި ތަޅުން އަޅައި ނޮވިލޯން އެޅުމަށް ބޭނުންވާތީ މި މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވިދާނެ ފަރާތްތަކުން 14 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް ވިލިނގިލީއަވަށުގެ ޖުޑީޝަލް އެކަޑަމީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަސައްކަތަށް އަގު ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތުޝީޓު، މި ޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން: 17 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން
އިތުރު މަޢުލޫމާތު ހޯދުމަށް އީމެއިލް ފޮނުވާނީ: [email protected]
އަންދާސީހިސާބު ހުށަހަޅާ ތާރީޚު: 18 އެޕްރީލް 2016
އަންދާސީހިސާބު ހުށަހަޅާ ގަޑި: 13:00
އަންދާސީހިސާބު ހުށަހަޅަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
04 ރަޖަބު 1437