ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)142-A1/1/2016/37
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 11:09
ސުންގަޑި: 25 އޭޕްރިލް 2016 12:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ޑިރެކްޓަރުގެ މަޤާމަށް މީހަކު ހޯދުން

އިޢުލާން 

މަޤާމު

ޑިރެކްޓަރ

ބޭނުންވާ އަދަދު:

01 (އެކެއް)

ރޭންކް:

އީ.އެކްސް 1

ކްލެސިފިކޭޝަން:  ޑިރެކްޓަރ

މުސާރަ:

-/8835 ރ.

ސާރވިސް އެލަވަންސް: -/2,000 ރ.

މަސައްކަތް ކުރަންޖެހޭ ތަނާއި ރަށް

ކ. މާލެ / މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / އައުޤާފް އެންޑް އިންފްރާސްޓަރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަން

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމު މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

2. މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމު މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

3. މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމު މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. އައުޤާފު އެންޑް އިންފްރާސްޓްރަކްޗަރ ސެކްޝަންގެ އެންމެހައި ކަންތައްތައް ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިސްވެ ބެލެހެއްޓުން.
  2. އައުޤާފު އެންޑް އިންފްރާސްޓްރަކްޗަރ ސެކްޝަންގެ މަސައްކަތްތައް ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  3. އައުޤާފު އެންޑް އިންފްރާސްޓްރަކްޗަރ ސެކްޝަންގެ ހިންގުމާބެހޭ ހުރިހާ އިދާރީ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  4. އައުޤާފު އެންޑް އިންފްރާސްޓްރަކްޗަރ ސެކްޝަންގެ ކަންތައްތައް ބެލެހެއްޓުމުގައި ސިވިލް ސަރވިސް ކޮމިޝަނާއި، މިނިސްޓްރީތަކާއި، ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުން އަންގަވާ އެންގެވުންތަކަށް ޤާނޫނުތަކާއި، ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުކުރަމުން ގެންދިއުން.
  5. މިސްކިތްތަކާ ބެހޭގޮތުން ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އެހެން ދާއިރާތަކާއެކު މަޝްވަރާކުރަންޖެހޭ ކަންތައްތަކުގައި އެފަދަ ދާއިރާތަކާއެކު މަޝްވަރާކޮށް ނިންމާ ނިންމުންތައް އެންމެ އިސްވެރިއެއްގެ ލަފާގެ މަތިން ނިންމުން.
  6. ކޮންމެ އަހަރެއްގެ ޕީ.އެސް.އައި.ޕީ ގައި ހިމަނަންޖެހޭ މަޝްރޫޢުތައް ކަނޑައަޅައި މި މަސައްކަތް ހިންގުން.
  7. އައުޤާފު އެންޑް އިންފްރާސްޓްރަކްޗަރ ސެކްޝަންގެ އެކިއެކި އުސޫލުތަކާއި ލިޔުންތައް ތައްޔާރުކުރުމުގައި މުވައްޒަފުންނަށް ބޭނުންވާ މަޢުލޫމާތާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  8. ތައްޔާރުކުރަންޖެހޭ އެންމެހާ ރިޕޯޓްތައް ތައްޔާރުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީނު.
  • މަސައްކަތަގެ ތަޖުރިބާ.
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް.
  • ލީޑަރޝިފް ހުނަރު ލިބިފައިވާ މިންވަރު

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި:

  • 2016 އެޕްރީލް 25 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ( އިސްލާމީ މަރުކަޒު )
  • މި މަޤާމަށް ހަމަޖައްސާ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / އިސްލާމީ މަރުކަޒުގައެވެ.
  • މި މަޤާމުގެ އިންޓަރވިއު އަދި ޕްރެކްޓިކަލްސް އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 30 ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި، އިންޓަރވިއު ބޭއްވޭނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައެވެ.

    ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020232 އަށް އަދި ފެކްސް ނަންބަރަކީ 3315161
  • އީމެއިލް ކުރައްވާނީ [email protected] އަށެވެ.

28 ޖުމާދަލްއާޚިރާ 1437

06 އޭޕްރިލް 2016