ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-E1/1/2016/12
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 13:47
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ މިންގަނޑާބެހޭ
މި އޮފީހުގެ ނަންބަރު:(IUL)14-E1/1/2016/09 (03 މާރިޗު 2016) އިޢުލާނާ ގުޅޭ ގޮތުން ދަންނަވަމެވެ.
އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތައް ޝޯޓްލިސްޓްކޮށް މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ މިންގަނޑު (2016/U-001) ގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން ދެވޭ ޓެސްޓް 2016 އެޕްރީލް 16 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޓެސްޓަށް ހާޒިރުވާންޖެހޭ މީހުންނާއި، ޓެސްޓް އޮންނާނެ ތަނާއި ގަޑި، ކަސްޓަމްސްގެ ވެބްސައިޓް www.customs.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.
11 އޭޕްރިލް 2016