ތަމްރީނު
ނަންބަރު: (IUL)179-2.1/1/2016/18
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 26 އޭޕްރިލް 2016 14:00
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
މާސްޓަރޒް އިން އިސްލާމިކް ފައިނޭންސް ޕްރެކްޓިސް (އެމް.އައި.އެފް.ޕީ) ޕްރޮގްރާމް– ޖޫން 2016ގެ އިންޓޭކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު

މާސްޓަރޒް އިން އިސްލާމިކް ފައިނޭންސް ޕްރެކްޓިސް (އެމް.އައި.އެފް.ޕީ) ޕްރޮގްރާމް– ޖޫން 2016ގެ އިންޓޭކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު

އިންޓަނޭޝަނަލް ސެންޓަރ ފޮރ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސެފް) އާ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގުޅިގެން، ކުރިއަށްގެންދާ މާސްޓަރޒް އިން އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ޕްރޮގްރާމްގެ އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. މި ޕްރޮގްރާމަކީ ވަޒީފާ އަދާކުރަމުން ކިޔެވޭގޮތަށް އެކުލަވާލާފައިވާ ޕްރޮގްރާމެކެވެ.

މާސްޓަރޒް އިން އިސްލާމިކް ފައިނޭންސް ޕްރެކްޓިސް (އެމް.އައި.އެފް.ޕީ) ޕްރޮގްރާމް

ޕްރޮގްރާމް:

ބްލެންޑެޑް ލާރނިންގ (އޮންލައިން އަދި ފޭސް- ޓް- ފޭސް ކްލާސްތައް)

ކިޔަވައިދޭގޮތް:

އެޕްލިކޭޝަން ސުންގަޑި: 26 މޭ 2016

ޖޫން 2016

އިންޓޭކް

bit.ly/1RxPWFF

އޮންލައިން އެޕްލިކޭޝަން

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)

ކިޔަވައިދޭ މަރުކަޒު:

އެމްއައިއެފްޕީ ޕްރޮގްރާމަކީ މެލޭޝިޔާގެ ކޮލިފިކޭޝަންސް އޭޖެންސީން ޤަބޫލުކުރާ މާސްޓަރޒް ފެންވަރުގެ ކޯހެކެވެ. މިކޯހުގައި 15 މޮޑިއުލް އެކުލެވިގެންވެއެވެ. މީގެ ތެރޭގައި ކޮމްޕަލްސަރީ 14 މޮޑިއުލާއި 1 އިލެކްޓިވް މޮޑިއުލް ހިމެނެއެވެ. ފަސް ސެމިސްޓަރއަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ޓިއުޓޯރިއަލް ކްލާސްތައް ހިނގަމުންދާނީ ހަފުތާ ބަންދުގެ އިތުރުން ރަސްމީ މަސައްކަތުގެ ގަޑިއަށް ފުށުނާރާގޮތަށް ހަވީރު 6ގެ ފަހުންނެވެ.

ބްލެންޑެޑް މޯޑަށް އިނގިރޭސިބަހުން ކިޔަވައިދޭ މިޕްރޮގްރާމުގެ މުއްދަތަކީ 18 މަސްދުވަހެވެ. މި ޕްރޮގްރާމްގައި ކިޔަވާ ދަރިވަރުންނަށް އިންސެފް ޔުނިވަރސިޓީގެ ފީސަބީލިﷲ ޓްރަސްޓް ފަންޑުން ފައިނޭންޝަލް އެސިސްޓެންސް އަށް އެދުމުގެ ފުރުޞަތު އޮންނާނެއެވެ. މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު މިއޮތޯރިޓީގެ ވެބްސައިޓު www.cmda.gov.mv އިންނާއި 3014103 އަދި 3014112 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

28 ޖުމާދަލްއާޚިރާ 1437

10 އޭޕްރިލް 2016