ދިވެހިރާއްޖެ
އިޢުލާން
ރ.އަނގޮޅިތީމު ކައުންސިލުގެ އިދާރާގައި 3 އެއަރކޯން ހަރުކުރުމުގެ މަސައްކަތުގެ ބިޑް ޑޮކިއުމަންޓާބެހޭ.
ރ.އަނގޮޅިތީމު ކައުންސިލްގެ އިދާރާގައި 3 އެއަރކޯން ހަރުކުރުމާ ބެހޭގޮތުން ކުރި ނަންބަރު: (IUL)301-PN/301/2016/15 (05-04-2016) އިޢުލާނާ ގުޅިގެން ދަންނަވަމެވެ.
މަސައްކަތުގެ މަޢުލޫމާތު ހިމެނޭ ބިޑް ޑޮކިއުމަންޓް 11 އެޕްރީލް 2016 އިން ފެށިގެން މިއިދާރާއިން ލިބެން ހުންނާނެކަމުގައި ދަންނަވަމެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ -/100 ރ. (އެއްސަތޭކަ ރުފިޔާ) އެވެ. ބިޑް ޑޮކިއުމަންޓް ލިބިވަޑައިގަންނަވާނީ ރަސްމީދުވަސްތަކުގައި ހެނދުނު 8:30 އިން ފެށިގެން 1:00 އާ ދެމެދުއެވެ.
ބިޑް ހުށަހަޅާ ފަރާތުގެ ބަދަލުގައި ބިޑް ޑޮކިއުމަންޓް ބައްލަވައިގަންނަނަމަ އެކަން އެނގޭނެ ލިޔުމެއް އައި.ޑީ.ކާޑުގެ ކޮޕީއާއެކު ހުށަހަޅުއްވަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ނަންގަވަން ހާޒިރުވާ ފަރާތުގެ އައި.ޑީ.ކާޑު ގެންނަވަންވާނެއެވެ.
މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވުމަށް ހާޒިރުވާއިރު، ބިޑްޑޮކިއުމަންޓް އޮންނަންވާނެއެވެ.
29 ޖުމާދަލްއާޚިރާ 1437