ޢާންމު މަޢުލޫމާތު
ނަންބަރު: BAM/IUL/2016/15
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 10:28
ސުންގަޑި: 13 އޭޕްރިލް 2016 10:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަހަރީ ޢާންމު ޖަލްސާ 2016 އަދި އައު ދައުރަކަށް ހިންގާކޮމިޓީ އިންތިޚާބުކުރުން

އިޢުލާން

އަހަރީ ޢާންމު ޖަލްސާ 2016 އަދި އައު ދައުރަކަށް ހިންގާކޮމިޓީ އިންތިޚާބުކުރުން

9 އެޕްރީލް 2016 ގައި ބޭއްވުނު މިއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 4 ވަނަ ބައްދަލުވުމުގައި، މިއެސޯސިއޭޝަންގެ އިޢުލާން BAM/IUL/2016/05 (14 ފެބުރުވަރީ 2016) އަދި އިޢުލާން BAM/IUL/2016/06 (26 ފެބުރުވަރީ 2016) އަދި އިޢުލާން BAM/IUL/2016/11 (13 މާރިޗު 2016) ގައި އިޢުލާން ކޮށްފައިވާ މިއެސޯސިއޭޝަންގެ އަހަރީ ޢާންމު ޖަލްސާ އަދި އައު ދައުރަކަށް ހިންގާ ކޮމިޓީ އިންތިޚާބުކުރުމަށް ބޭއްވޭ ޖަލްސާ ހެންވޭރު ބޯޅަގޭގެ ސެމިނަރރޫމުގައި 13 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

މިޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު މިއެސޯސިއޭޝަންގެ އެންމެހައި މެމްބަރުންނަށް ވަނީ ހުޅުވާލެވިފައެވެ. ވީމާ، މި އެސޯސިއޭޝަންގެ 26 ފެބުރުވަރީ 2016 ގައި ކޮށްފައިވާ އިޢުލާން ނަންބަރު: BAM/IUL/2016/06 ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން 03 މާރިޗު 2016 ވަނަ ދުވަހުގެ 16:00 އާ ހަމައަށް 2016 ވަނަ އަހަރަށް ފީދައްކަވާފައިވާ މެމްބަރުން، މެމްބަރޝިޕް ކާޑު އަދި އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

ކްލަބް އަދި ޑިވެލޮޕްމަންޓް ކޮމިޓީތަކުގެ ފަރާތުން މިޖަލްސާގައި ބައިވެރިވެ، ކްލަބް އަދި ޑިވެލޮޕްމަންޓް ކޮމިޓީ ތަމްސީލުކޮށް ވޯޓް ދެއްވާނެ ފަރާތެއްގެ މަޢުލޫމާތު ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން ޖަލްސާ ބޭއްވުމުގެ 48 ގަޑިއިރުގެ ކުރިން މިއެސޯސިއޭޝަނަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ. މިއެސޯސިއޭޝަންގެ އިޢުލާން BAM/IUL/2016/11 (13 މާރިޗު 2016) ގައިވާ ގޮތަށް ނަން ފޮނުވާފައިވާ ފަރާތްތަކުން އިތުރު ބަދަލެއް ގެންނަނަމަ ލަސްވެގެން ޖަލްސާ ބޭއްވުމުގެ 24 ގަޑިއިރުގެ ކުރިން މިއެސޯސިއޭޝަނަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ.

ވީމާ، މިކަން އެންމެހާ މެމްބަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

09 އޭޕްރިލް 2016