ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ސްކޫލުން 5 އެޕްރީލް 2016 ގައި ކޮށްފައިވާ GS74/2016/8 ނަންބަރުގެ އިޢުލާނުގައި ޑެޕިއުޓީ ޕްރިންސިޕަލެއްގެ ޝަރުޠުތަކުގެ ތެރޭގައި އެމް. އެސް. 1 ގެ ރޭންކް ހިމެނިފައިވާތީ، އެ އިޢުލާން ބާޠިލްކޮށްފައި، އަލުން ފުރުޞަތު ހުޅުވައިލަމެވެ.
މަޤާމް: ޑެޕިއުޓީ ޕްރިންސިޕަލް
ބޭނުންވާ އަދަދު: 1 (އެކެއް)
ވަޒީފާ އޮތް އޮފީސް: ޙާފިޒު އަޙްމަދު ސްކޫލް
މަޤާމުގެ ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް، ޙާފިޒު އަޙްމަދު ސްކޫލް
އެހެނިހެން ޢިނާޔަތް:
1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
2. ޓެނުއަރޝިޕް އެލަވަންސް: މަހަކު -/2،000 ރުފިޔާ
3. ހަމަޖެހިފައިވާ ގޮތުގެ މަތިން ފޯނު އެލަވަންސް.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ހަވާލުކުރެވޭ ސެޝަނުގެ ހުރިހާކަމެއް ބެލެހެއްޓުން.
- ޝެޝަނުގެ އިތުރު ހަރަކާތްތައް ރާވައި ބެލެހެއްޓުން.
- ސްކޫލުގައި ހިންގާ އިތުރު ހަރަކާތްތައް، ލީޑިންގ ޓީޗަރުންގެ އެހީތެރިކަމާއެކު ރާވައި ހިންގުން.
- ސެޝަނުގެ ގައިޑް ހަރަކާތާއި ސްކައުޓް ހަރަކާތް ރާވައި ހިންގައި ބެލެހެއްޓުން.
- ހަވާލުކުރެވިފައިވާ މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުމާއެކު އެޕްރައިޒްކުރުން.
- ހަވާލުކުރެވޭ ސެޝަނުގެ ކިޔަވައިދިނުން ހަރުދަނާކުރުމަށް ލީޑިންގ ޓީޗަރުންނާ ގުޅިގެން މަސައްކަތް ކުރުން.
މަޤާމުގެ ޝަރުޠު:
މަޤާމް |
ރޭންކް |
ކްލެސިފިކޭޝަން |
ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
ޑެޕިއުޓީ ޕްރިންސިޕަލް |
MS2 |
ޓީޗިންގ ސަރވިސް އޮފިސަރ 3 |
- ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
މަހަކު -/6،295 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
ޑެޕިއުޓީ ޕްރިންސިޕަލް |
MS3 |
ޓީޗިންގ ސަރވިސް އޮފިސަރ 4 |
- ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
މަހަކު -/7،035 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
ޑެޕިއުޓީ ޕްރިންސިޕަލް |
MS4 |
ޓީޗިންގ ސަރވިސް އޮފިސަރ 5 |
- ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
މަހަކު -/7،875 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
ޑެޕިއުޓީ ޕްރިންސިޕަލް |
EX1 |
ޓީޗިންގ ސަރވިސް އޮފިސަރ 6 |
- ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
މަހަކު -/8،835 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
ޑެޕިއުޓީ ޕްރިންސިޕަލް |
EX2 |
ޓީޗިންގ ސަރވިސް އޮފިސަރ 7 |
- ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
މަހަކު -/9،890 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
ޑެޕިއުޓީ ޕްރިންސިޕަލް |
EX3 |
ޓީޗިންގ ސަރވިސް އޮފިސަރ 8 |
- ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
މަހަކު -/11،065 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
ޑެޕިއުޓީ ޕްރިންސިޕަލް |
EX4 |
ޓީޗިންގ ސަރވިސް އޮފިސަރ 9 |
- ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
މަހަކު -/12،400 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
ޑެޕިއުޓީ ޕްރިންސިޕަލް |
EX5 |
ޓީޗިންގ ސަރވިސް އޮފިސަރ 10 |
- ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
މަހަކު -/13،890 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
ޑެޕިއުޓީ ޕްރިންސިޕަލް |
EX6 |
ޓީޗިންގ ސަރވިސް އޮފިސަރ 11 |
- ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
މަހަކު -/15،560 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރުން އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަހުގެ ތެރޭގައެވެ.
ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ޙާފިޒު އަޙްމަދު ސްކޫލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް، www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޙާފިޒު އަޙްމަދު ސްކޫލުގެ އޮފީހަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އެޕްރީލް 14 ވަނަ ދުވަހުގެ 14:00 އެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ޙާފިޒު އަޙްމަދު ސްކޫލުގެ 6861989 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
28 ޖުމާދަލްއާޚިރާ 1437