ކުއްޔަށް ދިނުން
ނަންބަރު: (IUL)334//334/2016/24
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 16:03
ސުންގަޑި: 12 މޭ 2016 13:30
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދޫކުރަން

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ރެސްޓޯރެންޓް ކެފޭ ހިންގުމުގެ ޚިދުމަތްދިނުމަށް މިރަށުގެ ހުޅަނގު ފަރާތުގޮނޑުދޮށުން ބަނދަރުގެ ދެކުނުކޮޅު ހުރަސްތޮށީގެ ދެކުނުން ކުޑަހުރާގެ ޓެނިސްކޯޓާ ދެމެދުން މޫދުސަރަޙައްދުން 3000 އަކަފޫޓު ހިމެނޭގޮތަށް އެއްގަމުން 3000 އަކަފޫޓު ޖުމުލަ 6000 (ހަހާސް) އަކަފޫޓުގެ ބިން ކުއްޔަށް ދޫކުރަން ކަނޑައަޅައިފީމެވެ.

ގިނަވެގެން 20 އަހަރުދުވަހުގެ މުއްދަތަށް ދޫކުރުމަށް ކަނޑައަޅާފައިވާ މި ބިމުގައި ރެސްޓޯރެންޓް ކެފޭ އަޅައި ހިންގުމުގެ މަސައްކަތަށް ބިން ކުއްޔަށް ހިފުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ހުށަހަޅުއްވާއިރު ޕެންޝަން ސްކީމަށާއި ޖީ.އެސް.ޓީ. އަށް ރަޖިސްޓަރީ ކޮށްފައިވާނަމަ ގަވާއިދުން ފައިސާ ދައްކަމުންގެންދާ ފަރާތެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ.

2016 އެޕްރީލް 14ވާ ބުރާސްފަތި ދުވަހުން ފެށިގެން 2016 މޭ 12ވާ ބުރާސްފަތި ދުވަހުގެ 13:30 އާ ހަމައަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 8:15 އިން 13:30 އާ ދެމެދު މި އިދާރާއިން ބިޑްފޯމު ގަންނަން ލިބެން ހުންނާނެއެވެ. ބިޑްފޯމެއްގެ އަގަކީ -/300ރުފިޔާއެވެ.

ވީމާ، 2016 އެޕްރީލް 28ވާ (ބުރާސްފަތި) ދުވަހުގެ 13:00 އަށް މި ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ބިޑް ހުށަހަޅާނެ ދުވަހެއް ކަނޑައަޅާނީ މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމުގައެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ ބިޑް ބަލައެއް ނުގަނެވޭނެއެވެ. ބިޑް ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބީލަމުގެ ނަމާއި ނަންބަރު، ހުށަހަޅަން ކަނޑައަޅާފައިވާ ތާރީޚާއި ގަޑި އަދި ހުށަހަޅާ ފަރާތުގެ ނަން ސިޓީއުރައިގެ ބޭރުގައި ޖައްސަވަންވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

28 ޖުމާދަލްއާޚިރާ 1437

05 އޭޕްރިލް 2016