ވަޒީފާގެ ފުރުޞަތު
ނަންބަރު: 395-C(A)/2016/26
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 15:14
ސުންގަޑި: 14 އޭޕްރިލް 2016 13:30
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު މަސައްކަތު (ވަގުތީ)

އިޢުލާން

މިސްކިތު މަސައްކަތު (ވަގުތީ) ގެ މަޤާމަށް މީހުން ހޯދުން:

މިސްކިތު  މަސައްކަތު  މުވައްޒަފުން  ޗުއްޓީ  ނެގުމުންނާއި،  ސަލާމްބުނުމުން  ނުވަތަ  އާއިލީ  ޒިންމާ ޗުއްޓީނެގުމުން ނުވަތަ ދާއިމީ މުވައްޒަފުން ވަޒީފާއިން ވަކިވުމުން އެ މަޤާމަށް މުވައްޒަފަކު ހަމަޖެއްސުމަށް ހޭދަވާ މުއްދަތުގައި، ވޭޖް އެމްޕްލޯއިމަންޓުގެދަށުން ތިރީގައިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއްޖެއެވެ.  

މިސްކިތު މަސައްކަތު (ވަގުތީ)

މަޤާމް:

އެސް. އެސް. 1

މަޤާމުގެ ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ

އޮފީސް / އިދާރާ:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

ސެކްޝަން:

ހައްދުންމަތީ އިސްދޫ މިސްކިތްތައް

މަސައްކަތް ކުރަންޖެހޭ ތަން: 

މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 29/22 ރުފިޔާ (ދުވާލަކު 6 ގަޑިއިރު)

މުސާރަ:

5 (ފަހެއް)

ބޭނުންވާ އަދަދު:

ވޭޖް އެމްޕްލޯއިމަންޓް

މަޤާމުގެ ބާވަތް:

މީލާދީ 1 އަހަރުދުވަސް

މަޤާމު މުއްދަތު: 

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް:

1. ކައުންސިލް އިދާރާއިން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް، ކަނޑައަޅާ މިސްކިތެއްގައި، އިމާމު/ މުދިމު އަންގާގޮތެއްގެ މަތިން މަސައްކަތްކުރުން.

2. ކައުންސިލް އިދާރާއިން ރާވާގޮތެއްގެ މަތިން ކޮންމެ ނަމާދުވަގުތަކަށް މިސްކިތަށްގޮސް، މިސްކިތާއި ފާޚާނާއާއި އިސްކުރުބަރިއާއި ވަޅުދޮށް ސާފުކުރުން.

3. މިސްކިތް ފޮޅައި، ސާފުކޮށް ވަޅުދިޔަހިއްކައި، މިސްކިތާބެހޭ ހުރިހާ ކަމެއް ކުރުން.

4. ފާޚާނާއާއި އިސްކުރުބަރިލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި މިސްކިތާ އިންވެގެންއޮންނަ މަގުން ވިނަ ނޮޅައި ސާފުކޮށް ކުނިތައް ނައްތައިލުން.

5. މިސްކިތާ އިންވެގެން ޤަބުރުސްތާން ހިމެނޭ މިސްކިތެއްނަމަ، ޤަބުރުސްތާނުން ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުން.

6. ކޮންމެދުވަހަކުވެސް މިސްކިތަށްގޮސް، ބިއްލޫރިލެވިފައިވާ ތަންތަނާއި، ހޮޅިބުރިއާއި، ފަންކާއާއި ކަބަޑުތައް ފޮޅައި ސާފުކުރުމާއި، އޮފީހުން ހަމަޖައްސާ އުސޫލަކުން، ހޮޅިބުރިތަކާއި ފަންކާތައް  ދިއްލުމާއި ނިއްވުން.

7. މިސްކިތަށް ލިބެމުންދާ ގެއްލުންތައް ގަވާއިދުން މުދިމު/ އިމާމަށާއި ކައުންސިލްގެ އިދާރާއަށް އަންގަމުން ގެންދިއުން.

8. ކައުންސިލްގެ އިދާރާއިން ހަމަޖައްސާ ގޮތެއްގެ މަތިން މިސްކިތުގެ ގޯތިތެރޭގައި ގަސް އިންދައި ގަހަށް ފެންދީ ބެލެހެއްޓުން.

9. ރަސްމީ މަސައްކަތާ ގުޅޭގޮތުން މިސްކިތުގައި ކުރުމަށް ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ވަޒީފާއަށް އެންމެ ޤާބިލްފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައިމިވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލް ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.

1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު.

2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަވިއު ބާއްވާނެ ތަނާއި މުއްދަތު ނުވަތަ ތާރީޚު ކަނޑައެޅި ހަމަޖެހުމުން، މަދުވެގެން ރަސްމީ 5 ދުވަހުގެ ކުރިން، މި މަޤާމަށް އެދުނު ފަރާތްތަކަށް ލިއުމަކުން އެންގޭނެއެވެ.  

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

އެޕްލިކޭޝަން ފޯމް ހުށަހަޅާނީ، 2016 އޭޕްރީލް 14 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން އިސްދޫ ކައުންސިލްގެ އިދާރާއަށެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން  މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ  މަޤާމަށް  ހޮވިއްޖެނަމަ،  އަދާކުރަމުންދާ  ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ހުށަހަޅަންޖެހޭ ލިޔުންތައް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6800709 ނަންބަރު ފޯނާއެވެ.

އިތުރު މަޢުލޫމާތު:

27 ޖުމާދަލްއާޚިރާ 1437

05 އޭޕްރިލް 2016