މަސައްކަތް
ނަންބަރު: (IUL)413/413/2016/25
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 14 އޭޕްރިލް 2016 13:00
ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިގޮނޑު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިއުލާން 

ކުނިގޮނޑު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މިރަށު ކުނިގޮނޑު ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ގޮނޑު ސަރަޙައްދު ސާފުކޮށް، ގޮނޑަށް އުކާލާ ކުނި އަންދައި އެ ސަރަޙައްދު ބަލަހައްޓަދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯޒަލް ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. މަސައްކަތް ހަވާލުކުރުމުގައި ޕޮއިންޓް ދެވޭނެ އުސޫލު މިދަންނަވަނީއެވެ.

ހުށަހަޅާ އެންމެ ތަފުސީލު ޕްރޮޕޯޒަލަކަށް 80 ޕޮއިންޓް

މާލީ ތަނަވަސްކަމަށް 10 ޕޮއިންޓް

މަސައްކަތުގެ ތަޖުރިބާއަށް 10 ޕޮއިންޓް

މާލީ ތަނަވަސްކަމާއި މަސައްކަތުގެ ތަޖުރިބާއަށް ޕޮއިންޓް ދެވޭނީ އެކަން ކަށަވަރުކޮށްދޭ ލިޔުން ހުށަހަޅުއްވާ ފަރާތްތަކަށް އެކަންޏެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

05 އޭޕްރިލް 2016