މަސައްކަތް
ނަންބަރު: GN.AH(I)(I)AP/2016/03
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 13 އޭޕްރިލް 2016 13:30
ޏ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ހޮސްޕިޓަލުގެ އިމާރާތާއި، ގޯތިތެރެ ފޮޅާ ސާފުކޮށް، ވަށައިގެންވާ މަގުތަކުގެ ކުނިނަގައި ވިނަ ނޮޅައި ސާފުކުރުމުގެ މަސައްކަތް

ޏ.އަތޮޅު ހޮސްޕިޓަލުގެ އިމާރާތާއި، ގޯތިތެރެ ފޮޅާ ސާފުކޮށް، ވަށައިގެންވާ މަގުތަކުގެ ކުނިނަގައި ވިނަ ނޮޅައި ސާފުކުރުމުގެ މަސައްކަތުގެ ބީލަމުގެ ދަޢުވަތު:

މި ހޮސްޕިޓަލުގެ ފޮޅައި ސާފުކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު މިހޮސްޕިޓަލުގެ ނަންބަރު GN.AH(I)(I)AP/2016/02 ( 20 މާރިޗު 2016 ) އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.

މި ހޮސްޕިޓަލުގެ ގޯތިތެރޭގައިވާ އިމާރާތްތަކާއި، ގޯތިތެރެއާއި ހޮސްޕިޓަލު ހިމެނޭ ސަރަޙައްދު އަމިއްލަ ތަކެތީގައި ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ވަނީ ބޭނުންވެފައެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 13 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 13:30 އަށް މިހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 13:30 އަށް މިހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތް ފިޔަވައި އެހެން ފަރާތްތަކުން އަންދާސީހިސާބާއި، މަޢުލޫމާތު ހޯއްދެވުމަށް ހާޒިރުވާނަމަ އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ.

27 ޖުމާދަލްއާޚިރާ 1437

05 އޭޕްރިލް 2016