މަސައްކަތް
ނަންބަރު: (IUL)197-A3/1/2016/27
ޕަބްލިޝްކުރި ތާރީޚް: 07 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 11:55
ސުންގަޑި: 20 އޭޕްރިލް 2016 10:30
ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ކޯޓުގެ މައި ދެ ގޭޓު ރިމޯޓުން ހުޅުވައި ލެއްޕޭނެގޮތް ހެދުމަށް

އިޢުލާން

މިކޯޓުގެ މައި ދެ ގޭޓު ރިމޯޓުން ހުޅުވާ ލެއްޕޭނެގޮތް ހެދުމަށް ބޭނުންވާ ކަރަންޓް ޖެކު ހޯދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)197-A3/1/2015/3 (10 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބަޖެޓްގެ ހާލަތު ހުރިގޮތުން މަސައްކަތް ކުރިއަށް ގެންދެވިފައިނުވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރަމަވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 20 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 10:30 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 10:30 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

29 ޖުމާދަލްއާޚިރާ 1437

07 އޭޕްރިލް 2016