މަސައްކަތް
ނަންބަރު: (IUL)197-A3/1/2016/26
ޕަބްލިޝްކުރި ތާރީޚް: 07 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 11:52
ސުންގަޑި: 18 އޭޕްރިލް 2016 10:30
ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ކޯޓުގެ ނިންމުންތަކުގެ ފޮތް ޗާޕުކުރާނެ ފަރާތެއް ހޯދަން

އިޢުލާން

މި ކޯޓުގެ ނިންމުންތަކުގެ ފޮތް ޗާޕުކުރާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މި ކޯޓުގެ ނަންބަރު (IUL)197-A3/1/2014/38 (11 ސެޕްޓެންބަރު 2014)ގެ އިޢުލާނާ ގުޅިގެން ދެވުނު މަޢުލޫމާތުގައި ބަޔާންކޮށްފައިވާ އަދަދަށް ބަދަލު ގެންނަން ޖެހުމާ ގުޅިގެން، އެ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބާޠިލުކުރުމަށްފަހު އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 18 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 10:30 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

29 ޖުމާދަލްއާޚިރާ 1437

07 އޭޕްރިލް 2016