ދިވެހިރާއްޖެ
މި އިޢުލާންވަނީ 11 އޭޕްރިލް 2016 16:37 ގައި ބާތިލް ކުރެވިފައެވެ.
އަންދާސީހިސާބު ހުށައެޅުއްވުމުގެ ދަޢުވަތު
ސްކޫލުގެ އުތުރު ފާރު ރޭނުމާ ގުޅޭ:
މި ސްކޫލުގެ އުތުރުން ރާނާފައިވާ ފާރު އަރިއަޅާލާފައިވާތީ އެފާރު ތަޅާލައި އަލުން އެފާރު ރާނައި ސިމެންތި ޖެހުމަށް ބޭނުންވެއްޖެއެވެ.
ކުރަންޖެހޭ މަސައްކަތްތައް:
- ކުރީގައި ހުރި ފާރު ތަޅައި ބިމުން ކޮނެގެން ނަގައި އުކާލުން.
- 200 ފޫޓު ދިގު ފާރެއް 8 ފޫޓުގެ އުސްމިނަށް ރާނައި ދެފަރާތުގައި ސިމެންތި ޖެހުން.
ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން ތިރީގައިވާ ތާވަލާ އެއްގޮތަށް އޮންނާނެއެވެ. ރަށުން ބޭރު ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް، ސްކޫލުގެ ފޯން ނަންބަރު: 6520535 އާ ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވިދާނެއެވެ. މައުލޫމާތު ސާފުކުރާ ފަރާތުގެ ބަދަލުގައި ދުރުވާ ފަރާތްތަކުން އެކަން އެނގޭނެ ސިޓީއެއް ހިފައިގެން ދުރުވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
19 އެޕްރީލް 2016 (އަންގާރަ) ދުވަހުގެ 10:00 އަށް. |
24 އެޕްރީލް 2016 (އާދީއްތަ) ދުވަހުގެ 10:00 އަށް. |
ނޮޅިވަރަންފަރު ސްކޫލުގައި |
ނޮޅިވަރަންފަރު ސްކޫލުގައި |
4 ރަޖަބު 1437