ދިވެހިރާއްޖެ
އިޢުލާން
އައްޑޫސިޓީގެ މަގު ހެދުމުގެ މަޝްރޫޢަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (4/93)ގެ 5 ވަނަ މާއްދާގެ ދަށުން، މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ދެނެގަތުމަށް ހަދަންޖެހޭ 'އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް' ރިޕޯޓް ތައްޔާރުކުރުމަށް ކުރެވުނު ނަންބަރު: (IUL)138-PIS2/138/2016/25 އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ މެއިލަށް މަޢުލޫމާތު ކަރުދާސް ހޯއްދެވުމަށް އެދި ހުށަހެޅުއްވުން އެދެމެވެ.
ބިޑް ހުށަހެޅުމަށް 18 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 11:00 ގައި މި މިނިސްޓްރީއަށް ވަޑައިގެން ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
އެންވަޔަރަމންޓަލް މޮނީޓަރިންގ ޔުނިޓް/ އިންފްރާސްޓަރަކްޗަރ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.
އަމީނީ މަގު،
މާލެ، ދިވެހިރާއްޖެ.
ފޯން: 3004110 ފެކްސް:3004301
އީ-މެއިލް: [email protected]