ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)95-A/1/2016/31
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 11:35
ސުންގަޑި: 20 އޭޕްރިލް 2016 14:00
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:       

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް: GS3

ކޯޓް / ސެކްޝަން

ހައިކޯޓު ( ބަޖެޓް ސެކްޝަން )

މުސާރައާއި ޢިނާޔަތްތައް:

އަސާސީ މުސާރަ:

މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް:               

މަހަކު -/1،500 ރުފިޔާ

ލިވިންގ އެލަވަންސް:

މަހަކު -/2،850 ރުފިޔާ

ޖުޑީޝަލް އެލަވަންސް: މުސާރައިގެ %45

އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ  ޝަރުޠު:

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން. ނުވަތަ

2. މަސައްކަތުގެ  ފެންވަރު  ބެލުމުގެ  ނިޒާމުން  ވަޒިފާގެ  ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު        

މަސްއޫލިއްޔަތު:

1- 1066 ނަންބަރު އެކައުންޓް، ޑިރެކްޓަރުގެ ލަފާގެމަތިން ބެލެހެއްޓުން:

ހ- ހައިކޯޓަށް ލިބޭ ފައިސާ ބަލައިގަތުމާއި، ތިޖޫރި ބެލެހެއްޓުމާއި، އެދުވަހެއްގައި ލިބޭ ފައިސާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ޖަމާކުރުން.

ށ- މައްސަލަތައް ނިމުމުން، މައްސަލަތައް ނިމުނުގޮތުގެ ތަފްޞީލް ސެކްޝަންތަކުން ބަޖެޓް ސެކްޝަނަށް ފޮނުވުމުން ވައުޗަރ ހަދައި، ޕާރކްކޮށް ބޭންކްޝީޓް ހެދުމަށްފަހު، އެހެނިހެން ޑޮކިޔުމަންޓްތައް ތައްޔާރުކޮށް 3 ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވުން.

ނ- 1066 ނަންބަރު އެކައުންޓުގައި ފައިސާ ބަހައްޓާފައިވާ މީހުންގެ ލިސްޓް ކޮންމެ މަހަކު ތައްޔާރުކުރުން.

ރ- 1066 ނަންބަރު އެކައުންޓުގައި ފައިސާ ބަހައްޓާފައިވާ މީހުންގެ ތެރެއިން ފައިސާ ދެއްކިފައިވާ ފަރާތްތައް އެނގޭނެގޮތަށް ލިސްޓް އަޕްޑޭޓްކުރުން.

2- 97 ނަންބަރު (ބަޖެޓް) އެކައުންޓް ގަވާއިދާ އެއްގޮތަށް ޑިރެކްޓަރގެ ލަފާގެމަތިން  ބެލެހެއްޓުން:

ހ- ކޯޓަށް ލިބޭ ޔުޓިލިޓީ ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ބިލް ލިބޭތާ 3 ދުވަހުގެ ތެރޭގައި ބިލްތަކުގެ ވައުޗަރ ހަދައި، ޗެކްލިސްޓް ހަދައި ޕާކްކުރުމަށްފަހު ޑިރެކްޓަރލައްވާ ޗެކްކުރުމަށްފަހު ޕޯސްޓްކުރުމަށް ހަވާލުކުރުން.

ށ- 97 ނަންބަރު އެކައުންޓުގެ ޚަރަދު ރިޕޯޓް ކޮންމެ މަހަކު 6 ވަނަ ދުވަހުގެ ކުރިން ތައްޔާރުކޮށް، ޑިރެކްޓަރ ލައްވާ ޗެކްކޮށް ސޮއިކުރުމަށްފަހު ފައިލްކުރުން.

ނ- ދެއްކުނު ބިލްތަކާއި ނުދެއްކި ހުރި ބިލްތަކުގެ ތަފްޞީލް ހަފްތާއަކު 1 ފަހަރު ޑިރެކްޓަރަށް ހުށަހެޅުމާއި، ހޯދާފައިވާ ޚިދުމަތާއި، ޚަރަދުތަކުގެ ތެރެއިން ބިލް ނުލިބޭ ފަރާތްތަކުގެ ލިސްޓެއް ނަގައި، ބިލް ފޮނުއްވައިދެއްވުމަށް އެފަރާތްތަކަށް އެދެމުން ގެންދިއުން. 

ރ- މިނިސްޓްރީ އޮފް ފިނޭންސަށް ޕޯސްޓްކުރެވޭ ބިލްތަކުގެ ތެރެއިން ވެންޑަރތަކަށް އެކައުންޓްތަކަށް ޓްރާސްފަރކޮށްފައިވޭތޯ ޗެކްކޮށް ޓްރާންސްފަރ ޝީޓް ވައުޗަރގައި އެޓޭޗްކުރުން.

ބ- ކޯޓުގެ އިސްވެރިންނާއި، މުވައްޒަފުން ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ އެންމެހައި ކަންތައްތައް ކުރުން.  

3- ތިޖޫރީ ރިޕޯޓް ތައްޔާރުކުރުން.

ހ- ކޮންމެ ދުވަހަކު، އާމްދަނީ އެކައުންޓާއި ޑިޕޮޒިޓް އެކައުންޓުގެ އަޕްޑޭޓް ޝީޓްބަލައިގެން ތިޖޫރީފޮތް އަޕްޑޭޓްކޮށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ޖަމާކުރެވޭ ފައިސާއާއި، ޗެކްތައް ފޮތަށް އެންޓަރކޮށް، ޖަމާކުރާ ތާރީޚާއި ފޯމު ނަންބަރުޖަހައި، ފޮތް އަޕްޑޭޓްކުރުން.  

ށ- ކޮންމެ ހަފްތާއެއްގެވެސް އާދީއްތަ ދުވަހު، ތިޖޫރީފޮތުގައިވާ ގޮތަށް ތިޖޫރީ ރިޕޯޓް ތައްޔާރުކޮށް ޗެކްކުރުމުމަށްފަހު، ތިޖޫރީ ރިޕޯޓް ފައިލްކުރުން.

4- އަހަރީ ބަޖެޓް ތައްޔާރުކުރުން:

ހ- އަހަރީ ބަޖެޓް ތައްޔާރުކުރުމަށްޓަކައި ޑިރެކްޓަރަށް އެހީތެރިވުން.

ށ- ކޮންމެ މަހެއްގެ ކޭޝްފްލޯ ތައްޔާރުކުރުން.

5- ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ މުވައްޒަފެއްގެ މަސައްކަތެއް ޑިރެކްޓަރުގެ ލަފާގެމަތިން ކުރުން.

މީގެ އިތުރުން، ވެރިން އަންގަވާ އޮފީހުގެ ރަސްމީ މަސައްކަތް ކުރުމާއި، ވެރިން އަންގަވާ ރަސްމީ މަސައްކަތް ނުރަސްމީގަޑީގައިވެސް ކުރުން.

ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި:

1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމު، ހައިކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި ހައިކޯޓުގެ ވެބްސައިޓް www. highcourt.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރާ ސެޓްފިކެޓެއް ވަޒީފާއަށް އެދޭފޯމާއެކު ހުށަހަޅާނަމަ ހުށަހަޅާނީ، ޓްރާންސްކްރިޕްޓާއެކު އެކްރެޑިޓްކޮށް ތައްގަނޑުޖަހާފައިވާ އަޞްލުގެ ކޮޕީއެވެ.)

3. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރާނަމަ، އެންމެފަހުން ވަޒީފާ އަދާކުރި ދެ އަހަރުދުވަހުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ލިބިފައިވާ މާކްސް އެނގޭނޭ އެ އޮފީހަކުން ދޫކުރައްވާފައިވާ ލިޔުން.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

6. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ގެ ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން)

7. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރާނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިއުން (ވަޒީފާގެ ނަމާއި، ވަޒީފާގެ މުއްދަތާއި، ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރައާއި، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭގޮތަށް) މިފަދަ ލިޔުމެއްގެގޮތުގައި އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ ވަޒީފާ ބަޔާނަށް ބަލައިގެން ޕޮއިންޓެއް ނުދެވޭނެއެވެ.

8. ޝަރުޢީ ދާއިރާގެ ވަޒީފާ އަދާކުރާ ފަރާތެއްނަމަ، ފާއިތުވި އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމާއި، ހާޒިރީ ރިޕޯޓާއި، މުވައްޒަފުގެ އުޅުމާއި އަޚުލާޤު އެނގޭނޭ ފަދަ ލިޔުމެއް ހުށަހެޅުން (މިހާރު ހައިކޯޓުގައި މަސައްކަތްކުރަމުންދާ މުވައްޒަފެއްނަމަ، މި ލިޔުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.)

9. ސަރުކާރު ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ މީހަކު މި ވަޒީފާއަށް ހޮވިއްޖެނަމަ، ވަޒީފާއިން ވަކިކޮށްދެނޭކަމަށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުން ހުށަނާޅާ ފަރާތްތަކުގެ އެޕްލިކޭޝަންތަކަށް ޢަމަލެއް ނުކުރެވޭނެއެވެ.)

އިތުރު އިރުޝާދު:

  • ކޯސް ނިމި ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިންމާފައިވާކަމަށް ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރާ ލިއުމާއި، ޓްރާންސްކްރިޕްޓާއި، އެ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރައްވާ ކޯހެއްކަމާއި، އެ ކޯހުގެ ސެޓްފިކެޓް ލިބުމުން އެފަރާތެއްގެ ސެޓްފިކެޓް ކޯހަށް ކަނޑައެޅިފައިވާ ލެވެލުގައި އެކްރެޑިޓްކޮށްދެވޭނެކަން އެނގޭފަދަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިއުމަކާއެކު ހުށަހަޅަންޖެހެނެއެވެ.
  • ޝަރުޢީ  ދާއިރާގެ  މުވައްޒަފުންގެ  ގަވާއިދުގެ  86  ވަނަ  މާއްދާގައިވާގޮތުގެމަތީން  މި  މަޤާމަށް  ހޮވޭ  މުވައްޒަފު ދާއިމީކުރެވޭނީ 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތުގައި އެ މުވައްޒަފުގެ ޕާރފޯމެންސަށް ބެލުމަށްފަހުގައެވެ.
  • މަތީގައިވާ މަޤާމުގެ އިންޓަވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ހާޒިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަޞްލު ގެންނަންވާނެއެވެ.

ޕޮއިންޓް ދެވޭގޮތް:

- ލިބިފައިވާ ތަޢުލީމާއި ތަމްރީން: %30

- ލިބިފައިވާ ތަޖުރިބާއާއި ތަމްރީން: % 10

- މަސައްކަތަށް ބޭނުންވާ ހުނަރު: % 10

- ލިބިފައިވާ ހުނަރާއި ފެންވަރާއި ސިފަތައް ބެލުމަށް ކުރެވޭ އިންޓަވިއު: %50

ސުންގަޑި 

2016 އެޕްރީލް 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓަށް (ތީމުގެ، އާބުރުޒު ހިނގުން) ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

 ނަންބަރު 3325029 އިން އިތުރު މަޢުލޫމާތު ލިބޭނެއެވެ.

3 ރަޖަބު 1437

10 އޭޕްރިލް 2016