ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)435-A1/1/2016/06
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 10:49
ސުންގަޑި: 19 އޭޕްރިލް 2016 13:00
ޑްރަގް ކޯޓު
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ރޭންކް: MS 3

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން/ޔުނިޓް: އިންފޮމޭޝަން ޓެކްނޮލޮޖީ ޔުނިޓް

މަސައްކަތްކުރަންޖެހޭ ތަން:

ޑްރަގް ކޯޓު / ކ. މާލެ

އަސާސީ މުސާރަ:

މަހަކު -/7،035 ރުފިޔާ

އެލަވަންސް:

- ސަރވިސް އެލަވަންސް: މަހަކު -/2,000 ރުފިޔާ

- ލިވިންގ އެލަވަންސް: މަހަކު -/2,700 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40

- އިތުރުގަޑީގެ ފައިސާ: ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު:

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާކްހެއް ލިބެމުންދިޔުމާއެކު MS 2 ގެ ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތައް:

  • ކޯޓުގެ އިންފޮމޭޝަންސް ސިސްޓަމްތައް ފަރުމާކޮށް ޤާއިމްކުރުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން.
  • ކޯޓްގެ ސެކިއުރިޓީ ބެލެހެއްޓުމުގެގޮތުން ކޯޓް މާސްޓަރަށް ސީސީޓީވީގެ ޒަރީޢާއިން އޮފީސްތެރެ ފެންނާނޭ އިންތިޒާމު ހަމަޖައްސައި، ކޯޓުގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނާއި ތަންތަނާއި ތަކެތީގެ ސަލާމަތަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލައި އެޅުން.
  • ކޯޓަށް ހޯދަންޖެހޭ ތަކެތި، މާލިއްޔަތުގެ ޤާނޫނާ އެއްގޮތްވާގޮތުގެމަތީން ހޯދުމުގެ އިންތިޒާމު ހަމަޖެއްސުން.
  • ކޯޓް ހިނގަމުންއަންނަ އިމާރާތުގެ އެންމެހައި ތަންތަނަށް ބޭނުންވާ މަރާމާތުތައް ބަލައި، މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް، އިސްވެރިންނަށް ހުށަހަޅައިގެން ކުރިޔަށް ގެންދިއުން.
  • ކޯޓުގެ އައިސީޓީއާ ގުޅުންހުރި ތަކެއްޗާއި، ނެޓްވޯކް މަރާމާތުކުރުމާއި ސެކިއުއަރކޮށް ބެލެހެއްޓުން.
  • ކޯޓަށް ބޭނުންވާ އެކިސޮފްޓްވެއަރ ހޯދުމާއި، ކޯޓުގެ ވެބްސައިޓް ހެދުމުގެ އިންތިޒާމްތައް ހަމަޖައްސައި، އެތަކެތި މެއިންޓެއިންކުރުން.
  • ކޯޓުގެ ސާވަރ ބެލެހެއްޓުން.
  • ކޯޓުގައި ބޭނުންކުރާ ނުވަތަ އަލަށް ބޭނުންކުރަން ފަށާ ސޮވްޓްވެއަރތަކާ ބެހޭގޮތުން މުވައްޒަފުންނަށް މަޢުލޫމާތުދީ، މުވައްޒަފުން އެފަދަ ސޮފްޓްވެއަރތަކަށް އަހުލުވެރިކުރުވުމުގ ގޮތުން ޓްރޭނިންގ ޕްރޮގްރާމްތައް ހިންގުން.
  • އޮފީހުގެ މުސްތަޤުބަލަށް ވިސްނައި، ޓެކްނޮލޮޖީގެގޮތުން ކުރިއެރުވުމަށް ދިރާސާކޮށް ޕްލޭންތަކެއް ހެދުމަށްފަހު، ކޯޓް އެޑްމިނިސްޓްރޭޓަރާއި، ބަޖެޓް ސެކްޝަން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނަވާ ބޭފުޅެއްގެ ލަފާގެމަތިން އެފަދަ ކަންތައްތައް ކުރިއަށްގެންދިއުން.
  • ޕީއޭބީއެކްސްއާއި ފޯނުގެ ކަންތައްތައް ބެލެހެއްޓުން.
  • ކޯޓުގެ ހުރިހާ ލިޔެކިޔުމެއް އިލެކްޓްރޯނިކްކޮށް އާކައިވްކޮށް، ލިޔެކިޔުން ބޭނުންވާނެ ފަރާތްތަކަށް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުން.
  • ނީލަމަށް ފޮނުވަންޖެހޭ ކޮމްޕިއުޓަރާއި އަގުބޮޑު އިލެކްޓްރޯނިކްސް ސާމާނު، މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެމަތިން އަދި އިސްޤާޟީގެ ލަފަޔާއެކު ނީލަމަށް ފޮނުވުމުގެ ކަންތައްތައް ބެލެހެއްޓުން.
  • ހާޒިރީ ބަލަހައްޓާ އައިގާޑް ޑިވައިސްއާއި އެކްސެސް ކޮންޓްރޯލް ސިސްޓަމްތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ކޯޓް މާސްޓަރުންނާއި، ޕްރޮކިއުމަންޓުގައި މަސައްކަތްކުރާ މުވައްޒަފާއި، އައި.ޓީ ސެކްޝަންގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކޮށް ފީޑްބެކްދީ، އެ މުވަޒަފުންގެ ސުޕަވައިޒަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަންތައް ކުރުން.
  • ކޯޓުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކޯޓުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުން:

ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއް އަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

 

1- ޑްރަގް ކޯޓުގެ ވަޒީފާއަށް އެދޭ ފޯމު (މި މަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ކައުންޓަރުން  ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓް www.drugcourt.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްނަމަ، އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ (ޓްރާންސްކްރިޕްޓާއެކު)

5- ވަޒީފާއެއް އަދާކުރާ ނުވަތަ އަދާކޮށްފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާގެ ރޭންކް އެނގޭފަދަ ރަސްމީ ލިޔުމެއް (އަދާކުރި ވަޒީފާގެ ރޭންކަކީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވަޒީފާގެ އޮނިގަނޑުން ކޮން ރޭންކެއްކަން މި ލިޔުމުގައި އެނގެން އޮންނަންވާނެއެވެ.)

6- އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ގެ ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުންގެ ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯކޮޕީ.

7- ބޮންޑެއް އޮތް ފަރާތެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.

ސުންގަޑި:

2016 އެޕްރީލް 19 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ޑްރަގް ކޯޓަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

މަތީގައިވާ މަޤާމްތަކުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެމަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

އެޕްލިކޭޝަން ހުށަހަޅަންވީ އެޑްރެސް:

 ޑްރަގް ކޯޓް، ޢިއްޒުއްދީން މަގު

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ކޯޓުގެ 3018556 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

3 ރަޖަބު 1437

10 އޭޕްރިލް 2016