ދިވެހިރާއްޖެ
ސެކަންޑް ނެޝަނަލް ކޮމިއުނިކޭޝަން ރިޕޯޓް ރިވިއު އެޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ތައްޔާރުކުރަމުންދާ "ސެކަންޑް ނެޝަނަލް ކޮމިއުނިކޭޝަން" ރިޕޯޓު ރިވިއު އެޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ހުށަހަޅަންވީ ތަކެތި
- މިމަސައްކަތް ކޮށްދެވޭނެ އަގު (ޖީ.އެސް.ޓީ ހިމަނައިގެން)
- މަސައްކަތް ނިންމޭނެ މުއްދަތު
- ބީލަން ހުށަހަޅާ ފަރާތުގެ ވަނަވަރު
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) އަދި އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
- ކުރިން ކުރެވިފައިވާ މަސައްކަތްތަކުގެ ކުލަ ޕޯޓްފޯލިއޯ އަދި ކުރިން ތައްޔާރު ކުރައްވާފައިވާ ރިޕޯޓު
މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ 'ޓާމްސް އޮފް ރިފަރެންސް' މިނިސްޓްރީގެ ވެބްސައިޓުން (www.environment.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ފޮނުއްވާއިރު ސަބްޖެކްޓްގައި ' ސެކަންޑް ނެޝަނަލް ކޮމިއުނިކޭޝަން ރިޕޯޓުގެ ރިވިޔު އެޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ ' ޖައްސަވާފައި ފޮނުއްވުން އެދެމެވެ.
ބިޑު ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 19 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބައްދަލުކުރާ ކޮޓަރިއެއްގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މިމިނިސްޓްރީއަށް އަގު ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހަޅުއްވާ ސިޓީއުރައިގައި ' ސެކަންޑް ނެޝަނަލް ކޮމިއުނިކޭޝަން ރިޕޯޓުގެ ރިވިޔު އެޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ ' މިހެން ލިޔެވިފައިވާންވާނެއެވެ.
ނޯޓް:
- ހުށަހަޅަންވީ މަޢުލޫމާތުތައް ބިޑް ޑޮކިއުމަންޓްގައި ހަމަވުން ލާޒިމުވެގެންވެއެވެ. މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018337 / 3018300 ނަންބަރު ފޯނަށެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ
ހަނދުވަރީ ހިނގުން، މާފަންނު
މާލެ، 20392
ދިވެހިރާއްޖެ.
އީމެއިލް: [email protected]